ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 09:13
ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: އާޖެންޓީނާގެ މައްޗަށް ބްރެޒިލް ކުރިހޯދައިފި
އާޖެންޓީނާގެ މައްޗަށް ބްރެޒިލް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

ރަހުމަތްތެރިކަމުގެ މެޗެއްގައި އާޖެންޓީނާގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު އާޖެންޓީނާއާ ވާދަކޮށް ބްރެޒިލް އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ސައުދީ އަރަބިޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗުގެ ފުރަތަމަ 11 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފިޔަވާ މުހިންމު ކުޅުންތެރިން ދެޓީމުގެވެސް ވަނީ ހިމަނާފައެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ބްރެޒިލްއެވެ. އެގޮތުން އެޓީމުން ވަނީ އާޖެންޓީނާގެ ހާފަށް ބާރުބޮޑުކޮށް ލަނޑޫ ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އާޖެންޓީނާ އިން މެޗުގެ ކޮންޓްރޯލް ހޯދާފައިވާއިރު، އެޓީމުން ވަނީ ބްރެޒިލްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ބްރެޒިލް އިން މެޗުގެ ލީޑު ނެގީ ފަހުވަގުތު ޖައޯ މިރިންޑާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ނޭމާގެ އެހީތެރިކަމާއެކުގައެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ދެން ނިކުންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށެވެ. އާޖެންޓީނާ ނިކުންނާނީ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް