ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 22:15
އާލިއާ ބަޓް ނިއުޔޯކް ގައި
އާލިއާ ބަޓް ނިއުޔޯކް ގައި
އިންސްޓަގްރާމް
ބޮލީވުޑް
ރަންބީރުގެ އާއިލާއަށް އެއްބާރުލުން ދިނުމަށް އާލިއާ ނިއުޔޯކަށް
 
ރިޝީ ކަޕޫރު ނިއުޔޯކް ގައި މިވަގުތު ދަނީ ކޮން ބައްޔެއްކަން ޔަގީން ނުވާ ބައްޔަކަށް ފަރުވާ ހޯދަމުން

ރަންބީރު ކަޕޫރާއި އޭނާގެ އާއިލާއަށް އެއްބާރުލުން ދިނުމަށް ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓް ނިއުޔޯކަށް ގޮސްފިއެވެ.

ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރު ނިއުޔޯކް ގައި މިވަގުތު ދަނީ ކޮން ބައްޔެއްކަން ޔަގީން ނުވާ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ.

އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ނިއުޔޯކްގެ މަގުމަތީގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓް ކޮށްފައެވެ. އެ ފޮޓޯގައި ޢޭނާގެ މޫނުމަތިން ފެނިގެން ދަނީ އުންމީދުން ފުރިގެންވާ ހިނިތުންވުމެއްގައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ދަ ބިގް އެޕަލް" އެވެ.

ރިޝީ ނިއުޔޯކްގައި ހޭދަކުރަމުންދާ ދުވަސްތަކުގައި އޭނާއަށް ވަނީ ބޮލީވުޑްގެ ބައެއް ފަންނާނުން ވިޒިޓް ކޮށްފައެވެ. އޭގެ ތެރޭގައި އެ ސިޓީގައި މިވަގުތު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ސޮނާލީ ބެންޑްރޭ އާއި މިވަގުތު އޭނާގެ އާ ޝޯގެ ޝޫޓިންތައް ނެގުމަށްޓކައި ނިއުޔޯކް ގައި ހުރި އަނޫޕަމް ކޭރް އަދި ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ.

ގައުމުން ބޭރުގައި ތިބުމުގެ ސަބަބުން ރިޝީ އާއި އޭނާގެ އަންހެނުން ނީތޫ އަދި ރަންބީރު އަށް ވަނީ މރިޝީގެ މަންމަ ކްރިޝްނާ ރާޖް ކަޕޫރުގެ ޖަނާޒާގައި ވެސް ބައިވެރި ނުވެވިފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ރިޝީގެ ބޭބެ ރަންދީރް ކަޕޫރު ބުނެފައިވަނީ ރިޝީއަށް ޖެހިފައިވަނީ އަސްލު ކޮންބައްޔެއް ކަމެއް މިހާތަނަށް ޔަޤީން ނުވާކަމަށާއި މީހުން ރިޝީއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ. އަދި ޓެސްޓްތައް ހަދަން ނުފަށާ ކަމަށާއިރު ކެންސަރުކަމަށް ކަނޑައަޅައި އަދި އެ އެންޑްވާންސް ސްޓޭޖްކަށް ވާސިލުވެފައިވާކަމަށް ކަނޑައަޅާނީ ކިހިނެތްތޯ އޭނާވަނީ އަހާފައެވެ.

ފުރުމުގެ ކުރިން ސެޕްޓެމްބަރު 29 ގައި ރިޝީ އޭނާގެ ފޭނުންނަށް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބޭސްފަރުވާއަށް އެމެރިކާއަށް ދިއުމަށްޓަކައި މަސައްކަތާއި ދުރުވެ ކުޑަ ދުވަސް ކޮޅަކަށް ޗުއްޓީއެއް ނަގާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ހެޔޮއެދޭމީހުންގެ ކިބައިން ކަންބޮޑު ނުވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރިޝީ ބުނެފައިވަނީ ބޮލީވުޑްގެ ފިލްމުތައް ކުޅެ އުޅޭތާ 45 އަހަރުވެފައިވާ ކަމަށާއި ފޭނުންގެ ލޯތްބާއި ހެޔޮއެދުމާއެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
33%
0%
0%
33%
ކޮމެންޓް