ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 15:03
ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހެރީ އާއި މޭގަން މާކަލް
ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހެރީ އާއި މޭގަން މާކަލް
ޓްވިޓަރ
ހެރީ އާއި މޭގަން
މޭގަން މާކެލް އާލާސްވެ އިންނެވިކަން އިއުލާނުކޮށްފި
 
އަންނަ ސްޕްރިންގްގައި ރައްކާވެވަޑައިގަންނަވާނެ

މޭގަން މާކެލް އާލާސްވެ އިންނެވި ކަން އިއުލާނުކޮށްފިއެވެ.

މިކަން ކެންޒިންޓަން ޕެލެސް އިން ވަނީ އިއުލާނުކޮށްފައެވެ. ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހެރީ އާއި މޭގަން މާކަލް ކައިވެނިކޮށްފައިވަނީ މެއި 19 ވަނަ ދުވަހުއެވެ. އަންނަ އަހަރުގެ ސްޕްރިންގައި މޭގަން މާކަލް ރައްކާވެވަޑައިގަންނަވާނެ ކަމަށް ވެސް ކެންޒިންޓަން ޕެލެސް އިން ވަނީ ހާމަކުރައްވާފައެވެ. ސްޕްރިންގ ދުވަސްވަރަކީ އޭޕްރީލް މަހުން ޖޫން މަހަށެވެ. ހެރީ އާއި މޭގަން އަށް ލިބޭ ދަރިވެގެންދާނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ މުނި މާމަ ދަރިންނަށެވެ.

ހެރީ އާއި މޭގަން މިހާރު ގެންދަވަނީ އޮސްޓްރޭލިއާއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. ދެ ހަފްތާއަށް ކުރައްވާ މި ދަތުރުގައި އޮސްޓްރޭލިއާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކައިވެންޏަށް ފަހު މިގޮތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދަތުރުފުޅުގައި ނިއުޒިލެންޑާއި ޓޮންގާ އާއި ފިޖީއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް
15 އޮކްޓޯބަރ 2018 | ހޯމަ 10:06
ހައިކް
ދެން ތިޔަށް ވުރެންވެސް މާތް ކޮށްލިނަމަ
ގުޅުންހުރި
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ