ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 05:46
މިސްޓަރ ފިއްޒާގެ މޯބައިލް އެޕް ޕޯސްޓަރ
މިސްޓަރ ފިއްޒާގެ މޯބައިލް އެޕް ޕޯސްޓަރ
ރާއްޖެއެމްވީ
މިސްޓަރ ފިއްޒާ
މޯބައިލް އެޕްލިކޭޝަންއަކާއެކު މިސްޓަރ ފިއްޒާގެ ހިދުމަތް ތައާރަފުކޮށްފި
ޕިއްޒާގެ އިތުރުން ރެޑީ މޭޑް މީލްސް ލިބިގެންދާނެ
ޕިއްޒާއަށް އޯޑަރު ކުރާއިރު ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕިއްޒާ ކަސްޓަމައިޒް ކޮށްލެވޭނެ

މޯބައިލް އެޕްލިކޭޝަންއަކާއެކު މިސްޓަރ ޕިއްޒާގެ ހިދުމަތް ސްޕެކްޓްރާ އެފްއެންޑްބީގެ ފަރާތުން ތައާރަފުކޮށްފިއެވެ.

މިސްޓަރ ޕިއްޒާ އަކީ ކާއެއްޗެހި ޑެލިވަރީ ކޮށްދިނުމަށްޓަކައި ހުޅުވާފައިވާ ތަނެކެވެ. އެތަނުން ޕިއްޒާގެ އިތުރުން ރެޑީ މޭޑް މީލްސް ލިބޭނެ އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މިސްޓަރ ޕިއްޒާގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން އަބްދުﷲ މައުމޫން ވިދާޅުވީ އޮފީސްތަކުގައި ބުރަކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރެޑް ބޮކްސް ތައާރަފުކޮށްފައިވާނެ ކަމަށާއި ރެޑް ބޮކްސް އަކީ ސިއްހަތަށް ފައިދާ ހުރި ކާނާ އެކުލޭވޭ ލަންޗް ބޮކްސްއެއް ކަމަށެވެ.

މިސްޓަރ ޕިއްޒާގެ ތަފާތު ކަމަކީ އޮންލައިންކޮށް ޕިއްޒާއަށް އޯޑަރު ކުރާއިރު ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕިއްޒާ ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވުން ކަމަށް މައުމޫން ވިދާޅުވި އެެވެ. 

މިސްޓަރ ޕިއްޒާއިން އެކި ވައްތަރުގެ ޕިއްޒާ ލިބެން ހުރެއެވެ. އެގޮތުން ވަޅޯމަސް ޕިއްޒާ، ޓޫނާ ޕިއްޒާ، ޗިކަން ތަންދޫރީ ޕިއްޒާ ލިބެން ހުރެއެވެ. މިސްޓަރ ޕިއްޒާ އިން ބުނީ ޕިއްޒާ ހެދުމަށްޓަކައި ބޭނުންކުރާ ފުއްގަނޑު ގެންނަނީ ބޭރުން ކަމަށާއި އެ ފުއްގަނޑު ތަފާތުވެފައި މީރު ވާނެ ކަމަށެވެ.

"އޮންލައިންކޮށް އެބޭފުޅުން ބޭނުންފުޅުވާ ޓޮޕިންގްސްއެއް ހިޔާރު ކުރެވޭނެ މެނޫގެ ތެރެއިން. އަދި ރެޑް ބޮކްސްގައި އަޅުގަނޑުމެން ހަފްތާއަކު ފަސް ދުވަހަށް ބަހާލައިގެން އެކި މެނޫތަކެއް ހިމާނާފައިވާނީ. ހާއްސަކޮށް ފާހަގަކޮށްލަން ކަސްޓަމަރުން ވަކި ވަރަކަށް ރިވޯޑްސްގެ ތެރެއިން ޕޮއިންޓް ހޯއްދެވުމުން، ވަކި ވަރަކަށް ޕޮއިންޓްސް ލިބުމުން ހިލޭ ޕިއްޒާ ލިބޭނެ" އަބްދުﷲ މައުމޫން ވިދާޅުވިއެވެ.

މިސްޓަރ ޕިއްޒާ އެޕްލިކޭޝަން މެދުވެރިކޮށް ކުރާ އޯޑަރުތަކުގެ ޑެލިވަރީ ކަސްޓަރުންނަށް އެޕް މެދުވެރިކޮށް ޓްރެކް ކުރެވޭނެއެވެ.

މިސްޓަރ ޕިއްޒާގެ ޑެލިވަރީގެ ހިދުމަތް މާލެ އާއި ހުޅުމާލެއަށް ފަށާފައިވާއިރު ވަރަށް އަވަހަށް އެތަނުގެ އައުޓްލެޓެއް މާލޭގައި ހުޅުވިގެންދާނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް