ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 05:56
ސާޖިދު ޚާން
ސާޖިދު ޚާން
ގޫގުލް
ބޮލީވުޑް
ސާޖިދު ޚާންގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ހައުސްފުލް 4 ދޫކޮށްލައިފި
 
އޭނާގެ ބަދަލުގައި އެ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ފަރްހާދް ސަމްޖީ

"ހައުސްފުލް 4" ގެ ޑައިރެކްޓަރު ސާޖިދު ހާނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ،އޭނާގެ ބަދަލުގައި އެ ފިލްމުގެ ޑައިރެކްޓަރަކަށް ފަރްހާދް ސަމްޖީ ހަމަޖައްސައިފިއެވެ.

ސާޖިދު ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ ވާހަކަތައް މީޑިއާތަކަށް ތިލަކޮށްފައި ވަނީ ސަލޯނީ ޗޯޕްޅާ އާއި ރެޗެލް ވައިޓްގެ އިތުރުން ނޫސްވެރިޔާ ކަރިޝްމާ އުޕަދެޔޭ އެވެ.

ނަދިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން އުފައްދާ ހައުސިލް 4 ގެ ޕްރޮޑިއސަރ ސާޖިދް ނަދިއާދްވާލާގެ ތަރުޖަމާނު ނެރެފައިވާ ބަޔާނެއްގައި ވަނީ "ހައުސްފުލް 4" ވެސް މިހާރު ޑައިރެކްޓް ކުރާނީ "ހައުސްފުލް 3" ގެ ވެސް ޑައިރެކްޓަރ ފަރްހާދް ސަމްޖީ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސާޖިދު ކުރި ޓްވީޓް ވަނީ "ހައުސްފުލް 4" ގެ ޑައިރެކްޓަރުގެ މަގާމު މި ވަގުތު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާއާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ބެހޭ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މި ތުހުމަތު ތަކާއި ގުޅިގެން "ހައުސްފުލް4" ގެ އެއް ބަތަލާ އަކްޝޭ ކުމާރު 51، ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ފިލްމްގެ ޕްރޮޑިއުސަރުގެ ކިބައިން އެމައްސަލައިގެ ތަހުގީގު ނިމެންދެން ފިލްމްގެ ޝޫޓީންތައް ކެންސަލް ކުރުމަށް އެދިފައެވެ.  އެއްވެސް ކަހަލަ ތުހުމަތެއް އެޅިފައިވާ ބަޔަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅު ހަރަކާތެއް ފެށިފައި ވަނީ "ހައުސްފުލް 4" ގެ ކާސްޓްގައި ހިމެނޭ ނާނާ ޕަޓޭކަރް ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަށް ކުރި ފުރައްސާރައިގެ ވާހަކަ ފާޅުގައި އޭނާ ދައްކަން ފެށުމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް