ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 15:45
ކްރިކެޓް ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން
ކްރިކެޓް ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން
އަވަސް
ކްރިކެޓް ޓީމު
ޒަމާނީ ބަދަލުތަކާއެކު ދިވެހި ކްރިކެޓް ކުރިއެރުވިދާނެ: ގައުމީ ކޯޗު
ބޭނުންވާނީ ޒަމާނީ ވަސީލަތާއި ތަމްރީން

ރާއްޖޭގައި ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމު ކުރެވިއްޖެނަމަ ރާއްޖެއަށް ކްރިކެޓްގައި ވަރަށް ދުރަށް ދެވިދާނެ ކަމަށް ގައުމީ ކްރިކެޓް ކޯޗް އާސިފު ހާން ބުނެފިއެވެ.

އާސިފް ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ގައިގައި ކްރިކެޓްގެ ހުނަރު ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. އަދި ރާއްޖެއައިސް ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ފެށުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.

އެގޮތުން އޭނާ މަސައްކަތްކުރި އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ނިސްބަތުން ޓެލެންޓްހުރި ކުޅުންތެރިން ގިނަ ކަމަށް ކޯޗު ބުންޏެވެ.

ގައުމީ ކޯޗު ބުނީ ކުޅުންތެރިންގެ އިތުރަށް ތޫނުފިލި ކުރުމަށް، ނުވަތަ ޕޮލިޝް ކުރުމަށް ވަގުތު ހޭދަ ކުރާނެ ކަމަށެވެ.

ރަނގަޅު ސިސްޓަމަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންދާނެ ކަމަށާއި ކުޅުންތެރިންގެ ހުނަރު ހުރިނަމަވެސް ޒަމާނީ ފެންވަރު ތަމްރީންތައް ބޭނުންވާ ކަމަށެވެ.

ކޯޗު ބުނީ ރާއްޖޭގެ ކްރިކެޓް ޒަމާނާ އެއްގޮތަށް ބަދަލު ކުރުމަށް އޭނާއަށް އެއްބާރުލުން ދޭނެ ކަމަށް ކްރިކެޓް ބޯޑުގެ ރައީސް އާއި އެގްޒެކެޓިވް ކޮމިޓީން ދީފައިވާ ކަމަށެވެ.

އެ ބަދަލުތަކާއެކު މަސައްކަތް ކުރެވިއްޖެނަމަ ރާއްޖޭގެ ލެވަލް ތަފާތު ކުރެވޭނެ ކަމުގެ ޔަގީންކަން ކޯޗު ދިނެވެ.

ކޯޗުގެ އެންމެބޮޑު އަމާޒެއް އޮތީ ގްރާސް ރޫޓު ކުރިއެރުވުމަށެވެ. އަދި ރާއްޖޭގައި ގްރާސް ރޫޓު ލެވަލްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައި ނެތުންކަން ކޯޗު ފާހަގަކުރިއެވެ.

ޕާކިސްތާނަށް އުފަން ދެކުނު އެފްރިކާގެ ތަޖުރިބާކާރު ބުނީ، ނެޝެނަލް ލެވަލުގައި ގްރާސްރޫޓް އަންނައިރު ވަކި މިންގަނޑުތަކެއް ފުރިހަމަވުން ލާޒިމު ކުރަން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓް ވަނީ ހިމަނާފަ އެވެ. މިއީ ރާއްޖެއަށް އޮތް ބޮޑު ފުރުސަތެކެވެ. ވަރުގަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ޓީމަށް ލިބިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް