ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 15:42
ވީއޭއެމްގެ  ސީނިއާ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ރަނޭޝް
ވީއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ރަނޭޝް
މިހާރު
ވޮލީބޯލް އެސޯސިއޭޝަން
ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ އެކަށީގެންވާ މާހައުލެއް ނެތިގެން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ  ސީނިއާ ނައިބު ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވައިފި އެވެ.

ރަނޭ އިސްތިއުފާ ދެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ލީޑަރޝިޕާ އެކު ކުރިއަށްދެވޭނެ މާހައުލެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އިންތިހާބުވެވަޑައިގަތް ޓީމުގައި ހިމެނިގެން މިހާތަނަށް އެ މަސައްކަތުގައި މަގާމުން ވަކިނުވެ ހުންނެވި ރަނޭ އިސްތިއުފާދެއްވީ ކުރިން ދިމާވެފައިވާ ކަންކަން ޙައްލުކުރެވޭތޯ މަސައްކަތް ކުރެއްވި ނަމަވެސް އެއްވެސް ކަމަކަށް ހައްލެއް ލިބޭނެ އަލިމަގެއް ފެންނަން ނެތުމުންނެވެ.

ރަނޭ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަޒާންދާރެއްގެ ގޮތުގައި ލަތީފްއާ އެކު މަސައްކަތް ފެއްޓެވި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގައި ސީނިއާ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރި އެވެ.

މަގާމުން އިސްތިފާދިނީ ވޮލީބޯޅައިގެ ކުރިމަގަށް ވީއޭއެމްގެ ތެރެއިން މަސައްކަތް ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެސޯސިއޭޝަންގެ ކަންތައް ތަކަށް ދެތިން މީހެއްގެ ނުފޫޒް އިންތިހާއަށް ވަދެފައިވާއިރު ވޮލީގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް ނަރޭ ބުންޏެވެ.

ރަނޭއާ އެކު ދެން ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ.

ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް އަމިއްލަ ވަގުތު ހުސްކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މިއަދާ ހަމައަށް ވެސް މަޑުކުރި އެންމެ ބޮޑު ސަބަބަކީ މަގާމުގައި ހުރެ ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވާތީ ކަމަށް ރަނޭ ބުންޏެވެ.

މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ވޮލީބޯޅައިގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް ހިނގައިދިޔަ އެވެ. އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި މިދިޔަ ދެ އަހަރުގައި ގިނަ މައްސަލަތަކެއް ވަނީ ހިނގައި ގޮސްފަ އެވެ. މުބާރާތް ކުރިއަށްދާ ގޮތާ މެދު ރިސޯޓްތަކުގެ ޝަކުވާތައް ގިނަވިއިރު، ބައެއް މެޗުތަކަށް ޓީމު ހާޒިރުނުވުން ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް