ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 15:30
އޮންރީވަނީ 2016 ން ފެށިގެން ބެލްޖިއަމްގެ އެސިސްޓެންޓް މެނޭޖަރަކަށް މަސައްކަތްކޮށްފައި
އޮންރީވަނީ 2016 ން ފެށިގެން ބެލްޖިއަމްގެ އެސިސްޓެންޓް މެނޭޖަރަކަށް މަސައްކަތްކޮށްފައި
ގެޓީ އިމޭޖަސް
ތިއަރީ އޮންރީ
އާސެނަލްގެ ކުރީގެ ސްޓްރައިކަރ ތިއެރީ އޮންރީ މޮނާކޯގެ ހެޑް ކޯޗަކަށް
އާސެނަލްއަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އޮންރީ
އޮންރީގެ ޕްރޮފެޝަނަލް ކެރިއަރ ފަށާފައިވަނީ މޮނާކޯއިން

އާސެނަލްގެ ކުރީގެ ސްޓްރައިކަރ ތިއެރީ އޮންރީ މޮނާކޯގެ ހެޑް ކޯޗު ކަމަށް އައްޔަން ކޮށްފިއެވެ. ފަރަންސޭސީ ގައުމީޓީމުގައި ވެސް ވިދާލާފައިވާ އުމުރުން 41 އަހަރުގެ އޮންރީ މޮނާކޯގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މޮނާކޯއިން ޕްރޮފެޝަނަލް ކެރިއަރ ފަށައި 1997ވަނަ އަހަރު ލީގު 1 ކާމިޔާބު ކޮށްފައިވާ އޮންރީ ވަނީ ނިމިގެންދިޔަ ވަރލްޑްކަޕްގައި ބެލްޖިއަމްގެ އެސިސްޓެންޓް މެނޭޖަރަކަށް މަސައްކަތް ކޮށްފައެވެ.

އޮންރީ މޮނާކޯއާ ހަވާލުވިއިރު އެ ޓީމު މިހާރު އޮތީ ލީގު ޓޭބަލްގައި ފަހަތުން ތިންވަނައިގައެވެ. އެއާއެކު އެޓީމުގެ މެނޭޖަރަކަށް ހުރި ލިއޮނާޑޯ ޖާޑިމްވަނީ މަގާމުން ދުރު ކޮށްފައެވެ.

އޮންރީ ބުނީ މެނޭޖަރެއްގެ ކެރިއަރ ވެސް އެ ކުލަބުން ފެށިގެން ދިއުމަކީ އިއްތިފާގެއް ކަމަށް ފެންނަ ކަމަށެވެ.

އާސެނަލްއަށް ރެކޯޑް އަދަދަކަށް ގޯލް ކާމިޔާބު ކޮށްދީފައިވާ އޮންރީވަނީ ބާސެލޯނާ، ޔުވެންޓަސް، އަދި ނިއުޔޯކް ރެޑްބުލްސްއަށް ވެސް ކުޅެފައެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި އެސްޓަންވިލާއާ ގާތްގުޅުމެއް ބާއްވާފައިވާ އޮންރީ ބުނިގޮތުގައި މިދިޔަ މަދު މަސްތަކުގެ ތެރޭގައި ވަރަށް ޝައުގުވެރި ހުށަހެޅުންތަކެއް ވަނީ ލިބިފައެވެ.

"އަހަރެންގެ ހިތާ އެންމެ ކައިރީގައި އަބަދުވެސް އޮންނާނީ މޮނާކޯ" އޮންރީ ބުންޏެވެ.

އޭނާ ބުނީ އެ ފުރުސަތުލިބުމުން އިންތިހާއަށް އުުފާވެއްޖެ ކަމަށާއި މިހާރު އޮތީ ބުރަ މަސައްކަތް ފަށަންޖެހިފައި ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް