ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 19:27
ޒަހީރު ޚާން އާއި އަންހެނުން ސަގަރިކާ ގާޓްގޭ
ޒަހީރު ޚާން އާއި އަންހެނުން ސަގަރިކާ ގާޓްގޭ
ގޫގުލް
ބޮލީވުޑް
އިންޑިއާގެ ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޒަހީރު ޚާން އާއި އަންހެނުން ރާއްޖޭ ގައި
 
މި ދެ މަފިރިން ރާއްޖެ އައިސްފައި ވަނީ ޒަހީރުގެ 40 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ކަމަށް ޚަބަރުތައް ބުނޭ

އެކްޓެރެސް ސަގަރިކާ ގާޓްގޭ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޒަހީރު ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

މި ދެމަފިރިން ރާއްޖެ އައިސްފައި ވަނީ ޒަހީރުގެ 40 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ކަމަށް ޚަބަރުތައް ބުނެއެވެ.

ސަގަރިކާ ވަނީ އެ ދެ މީހުން އެކުގައި ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އޭނާގެ އިސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.

މި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ޒަހީރު ޚާންގެ ކުރީގް ކޮލީގުން ކަމަށްވާ އަޖިތް އަގަރްކަރް، އާޝިޝް ނެހްރާ އަދި ޔުވްރާޖް ސިންގގެ އިތުރުން ވެސް އެ ދެ މީހުންގެ ގިނަ ރައްޓހިން ފެނިގެން ދެއެވެ.
ސަގަރިކާ އާއި ޒަހީރު ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ދެ މީހުންގެ ކައިވެނި ކޯޓުގައި ކުރުމަށް ފަހު ގާތް ރަހުމަތްތެރިންނަށް ވަނީ ކުޑަ ހަފްލާއެއް ބައްވާފައެވެ.

ސަގަރިކާ ބެލުންތެރިންނަށް ބޮޑަށް އެނގިގެން ގޮސްފައި ވަނީ "ޗަކްދޭ އިންޑިއާ" ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ގައުމީ އެވޯޑް ހާސިލް ކޮށްފައިވާ ފިލްމް "އިރާދާ" އިންނެވެ. އެ ފިލްމުގައި ސަގަރިކާގެ އިތުރުން ދެން ފެނިގެން ގޮސްފައި ވަނީ ނަސީރުއްދީން ޝާހް، އަރްޝަދް ވަރްސީ، ދިވްޔާ ދައްތާ އަދި ޝަރަދް ކެލްކަރެވެ.

ޒަހީރު ޚާން ވަނީ 14 އަހަރު ވަންދެން އިންޑިއާގެ ކްރިކެޓް ޓީމުގައި ކުޅެފައެވެ. އަދި އޭނާ ރިޓަޔާ ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
100%
0%
0%
ކޮމެންޓް