ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 12:23
ރޯޑް ޓު ބާސާ އިވެންޓުން ހޮވުނު ތިން ކުދިން
ރޯޑް ޓު ބާސާ އިވެންޓުން ހޮވުނު ތިން ކުދިން
އެފްއޭއެމް
ފުޓު ބޯޅަ
ބާސާ އެކަޑަމީއަށް ދިޔުމުގެ ފުރުސަތު ދިވެހި ތިން ކުދިންނަށް
ތިން ކުދިންގެ އިތުރުން ކޯޗަކަށް ވެސް ފުރުސަތު ލިބިފައިވޭ

ފުޓްބޯޅައިގެ ގަދަބާރެއް ކަމަށް ސްޕެއިންގެ ބާސެލޯނާގެ ފުޓްބޯޅަ އެކަޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ރާއްޖޭގެ ތިން ކުއްޖަކަށް ލިބިއްޖެއެވެ.

މި ތިން ކުދިންނަށް އެ ފުރުސަތު ލިބިފައި ވަނީ ބާސާ އާއި މައިލޯ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ "ރޯޑް ޓު ބާސެލޯނާ" ނަމުގައި ބޭއްވި ތިން ދުވަހުގެ މި އިވެންޓަކުންނެވެ.

ބާސާގެ އެކަޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އަހުމަދު ނާވިލް އާއި އިސްކަންދަރު ސްކޫލްގެ ޔޫސުފް އައިޝް މުހައްމަދު އަދި ރެހެންދި ސްކޫލްގެ މުހައްމަދު އައިމަން އަށެވެ.

މި ތިންކުދިންގެ އިތުރުން ދިވެހި ކޯޗަކަށް ވެސް އެ ފުރުސަތު ވަނީ ލިބިފައެވެ. އަދި ބާސާއަށް ދިޔުމަށް އެފްއޭއެމް އިން ކަނޑައަޅާ ކޯޗުގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމުން ހޮވުނު ތިން ކުޅުންތެރިނާއި، ކޯޗު ބާސާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ.

މި ތިން ކުޅުންތެރިންނާއި، ކޯޗަށް ބާސާގެ ކޭމްޕްނައު ސްޓޭޑިއަމް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

"ރޯޑް ޓު ބާސެލޯނާ"

އިވެންޓު ކުރިޔަށް ދިޔައީ ނިމިގެންދިޔަ އަންގާރައިން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 8 އެކަޑަމީ ބައިވެރިވެގެންނެވެ. އެގޮތުން ކޮންމެ އެކަޑަމީ އަކުން 15 ކުދިން ވަނީ މި އިވެންޓުގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް