ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 09:42
2017 ވަނަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން
2017 ވަނަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން
ރިޒްނާ ޒަރީރު
ހޮޓެލް އޭޝިއާ އެގްޒިބިޝަން
ހޮޓެލް އޭޝިއާ އެގްޒިބިޝަން ކާމިޔާބުކަމާ އެކު ނިންމާލައިފި
މިއެގްޒިބިޝަންގައި ތަފާތު އެކި ކަންކަން ތަމްސީލުކުރަން 160 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައި

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އޮކްޓޯބަރ 9 އިން ފެށިގެން 12 ގެ ނިޔަލަށް، ކުރިއަށްގެންދިޔަ މި އެގްޒިބިޝަނަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީ އާއި އެ ދާއިރާއާ ގުޅިފައިވާ އިންޑަސްޓްރީތައް އެއްތަނަކުން ބައްދަލުވެގެން ދިޔަ އެންމެ ބޮޑު އެއް މައުރަޒެވެ. 2000 ވަނަ އަހަރުން ފެށިގެން ބޭއްވި މި އެގްޒިބިޝަންގައި ތަފާތު އެކި ކަންކަން ތަމްސީލުކުރަން 160 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. އެގޮތުން 46 ޤައުމެއްގެ 250 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، 2000 ބްރޭންޑްގެ ތަފާތު ޕްރޮޑަކްޓްސްތައް ދައްކާލާފައި ވެއެވެ. ހޮޓެލް އޭޝިއާ އިންތިޒާމުކުރަނީ މޯލްޑިވްސް އެގްޒިބިޝަންސް އެންޑް ކޮންފަރަންސް ސާރވިސަސްއިންނެވެ. މި އިވެންޓް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލަޕްމަންޓް، މޯލްޑީވްސް ޗެމްބާރ އޮފް ކޮމާސް އެންޑް އިންޑަސްޓރީގެ އިތުރުން ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑީވްސް އިން ވަނީ އެންޑޯޒްކޮށްފައެވެ.

ފެށުނީއްސުރެ މި އެގްޒިބިޝަންގެ މައި ސްޕޮންސަރަކީ ބެސްޓްބައި މޯލްޑީވްޒް (ބީބީއެމް) އެވެ. ކަލިނަރީ އިވެންޓްގެތަކެތި ސްޕޮންސަރ ކޮށްފައިވަނީ އީވޯ ހޯމްއިންނެވެ.

ހޮޓެލް އޭޝިއާއަކީ ހޮޓެލްތަކާއި ރިޒޯޓްތަކުން ވިޔަފާރިކުރާ ފޯރަމެއް ގޮތުގައިވަނީ ބަލައިގަނެވިފައެވެ. ދިވެހިރާއްޖެއަކީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށް ހޮސްޕިޓާލިޓީ ސާމާނާއި، ކާބޯތަކެތި އެތެރެކުރާ ބަޔަކަށް ވުމާއި އަދި މިފަދަ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މާކެޓަކަށް ބައިނަލްއަގްވާމީ ގަޔާވުމެއް އޮންނާތީވެ، މި މައުރަޒުގައި ވަރަށް ނުފޫޒްގަދަ ފަރާތްތައްދަނީ ބައިވެރިވަމުންނެވެ. ހޮޓެލް އޭޝިއާއަކީ ހަމައެކަނި ސަރަހަށްދަށް ނިސްބަތްކޮށް ބޭއްވޭ އިވެންޓެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން މަސަތްކަތްތަށް ތައާރަފްކުރާ ވިޔަފާރި މައިދާނެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް