ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 18:27
ޕްރިންސަސް ޔޫޖުނީ އަދި ޖެކް ބްރޫކްސްބޭންކް
ޕްރިންސަސް ޔޫޖުނީ އަދި ޖެކް ބްރޫކްސްބޭންކް
ޔޫއެސްއޭ ޓުޑޭ
ރޯޔަލް ވެޑިންްގ
ރޯޔަލް ވެޑިން: ޔޫޖިނީ އާއި ޖެކް ބްރޫކްސްބެންކް ކައިވެނި ބައްލަވައިގެންފި
 
ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ހުކުރު ދުވަހު
 
ޖެކް އާއި ދިމާވީ އުމުރުފުޅުން 20 އަހަރު ގައި

އިނގިރޭސި ރާނީގެ މާމަ ދަރިކަނބަލެއް ކަމުގައިވާ ޕްރިންސަސް ޔޫޖުނީ 28، އާއި އޭނާގެ ލޯބިވެރިޔާ އަދި އަމިއްލަ ވިޔަފާރިވެރި އެއް ކަމުގައިވާ ޖެކް ބްރޫކްސްބޭންކް 32، ކައިވެނި ބައްލަވައިގެންފިއެވެ. 

ހުކުރު ދުވަހުގެ ހަވީރު ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި މަޝްހޫރު ފަރާތްތަކާއި ޝާހީ އާއިލާގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އިނގިރޭސި ޝާހީ އާއިލާގެ ވެރިކަން ވާރުތަވަމުން އަންނަ ތާވަލަށް ބަލާއިރު ޕްރިންސަސް ޔޫޖުނީ ވަނީ ލިސްޓުގެ 9 ވަނައިގައެވެ.

ޔޫޖިނީ އަކީ ރާނީގެ ތިން ވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ އާއި ސާރާ ފާގަސަންގެ ހަގު ދަރިކަނބަލުންނެވެ.

ޕްރިންސަސް ޔޫޖުނީގެ އެންގޭޖްމަންޓް އިއުލާން ކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި އިންޓަވިއު އެއް ގައި އެކަމަނާ ވިދާޅުވީ ޖެކް އާއި ދިމާވީ އުމުރުފުޅުން 20 ގައި ކަމަށެވެ. އަދި ޖެކް އެއީ "ފުރަތަމަ ނަޒަރުން ލޯބިވި" މީހެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް