ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 13:11
ވިލް ސްމިތް ވަނީ އޭނާގެ އަންނަން އޮތް ފިލްމްގެ ޕޯސްޓަރު ޝެއަރ ކޮށްފައި
ވިލް ސްމިތް ވަނީ އޭނާގެ އަންނަން އޮތް ފިލްމްގެ ޕޯސްޓަރު ޝެއަރ ކޮށްފައި
ގޫގުލް
ހޮލީވުޑް
'އަލާއްދީން'ގެ ޕޯސްޓަރު ވިލް ސްމިތް ދައްކަލައިފި
 
މި ފިލްމުގައި އޭނާ ފެނިގެން ދާނީ ޖިންނިގެ ރޯލުން

ވިލް ސްމިތު އޭނާގެ އަންނަން އޮތް ފިލްމް "އަލާއްދީން" ގެ ފުރަތަމަ ޕޯސްޓަރު ހިއްސާކޮށްފިއެވެ.

ވިލް ސްމިތު ހިއްސާކޮށްފައިވާ ޕޯސްޓަރުގައި ފެނިގެންދަނީ "އަލާއްދީން" ވާހަކައިގައި ފެންނަ ޖާދުވީ ގޮތަށެވެ.

މި ފިލްމުގައި އޭނާ ފެނިގެން ދާނީ ޖިންނިއެއްގެ ރޯލުންނެވެ.

ސްމިތު އޭނާގެ އިންސްޓަގްރާމްގައި ޝެއަރކޮށްފައިވާ ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައިވަނީ "ލެޓް މީ އައުޓް!!؟؟  ކާންޓް ވެއިޓް ޔޫ އޯލް ޓު ސީ މީ ބްލޫ" އެވެ.

ފެންނަ ފެނުމަށް ސްމިތް ހުރީ ޖާދުވީ ވޮއްގަނޑުން ނުކުތުމަށް ކެތްމަދުވެފައެވެ.

ހޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން އަލާއްދީންގެ ކާސްޓުންގެ ލިސްޓުގައި ހިމެނެނީ މީނާ މަސޫދު (އެލާއްދީން) ނައޯމީ ސްކޮޓް (ޖޭސްމިން)، މަރްވާން ކެންޒަރީ (ޖަފަރް) އަދި ބިލީ މެގްނޫސަން އަދި ޖޭސްމިންގެ އެކުވެރިއެއްގެ ރޯލުން ނާސިމް ޕެޑްރާޑް ފެނިގެންދާނެއެވެ.

މި ފިލްމަކީ 1992 ވަނަ އުފެއްދި 2 އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އެނިމޭޓެޑް ފިލްމްގެ ރީމެކް އެކެވެ.

ގައި ރިޗީ ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް