ކ. މާލެ
|
12 އޮކްޓޯބަރ 2018 | ހުކުރު 11:23
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ގޫގުލް
ބޮލީވުޑް
މިއަހަރު އަމީތާބްގެ އުފަންދުވަސް ފާހަގަ ނުކުރަނީ ކީއްވެ؟
އަމީތާ ބަޗަން ވަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތްތަކަށް ޓްވިޓާ މެދުވެރިކޮށް ޝުކުރު އަދާކޮށްފައި

ބޮލީވުޑްގެ ސުޕަރސްޓަރ އަމީތާބް ބަޗަން އަށް މިއަދު 76 އަހަރު ފުރޭއިރު އޭނާގެ އުފަން ދުވަސް ފާހަގަ ނުކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އަމީތާބް އޭނާގެ އުފަން ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރަން ބޭނުން ނުވަނީ އޭނާގެ އަންހެން ދަރިފުޅު ޝުވޭތާ ނަންދާގެ ބަފައިބެ ރާޖަން ނަންދާ އާއި މައިދައިތަ ރިތޫ ނަންދާގެ މަންމަ ކްރިޝްނާ ރާޖް ކަޕޫރު ދާދި ފަހުން ނިޔާ ވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން މިވަގުތު ބޭސްފަރުވާއަށް އެމެރިކާއަށް ގޮސްހުރި އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަދި އެއްކޮށް މަސައްކަތް ކޮށްފައިވާ ރިޝީ ކަޕޫރުގެ ސިއްޙީ ހާލަތު ވެސް މިވަގުތު އެހާ ރަނގަޅު ނުވުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

 ކޮންމެއަކަސް ބަޗަން ވަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތްތަކަށް ޓްވިޓާ މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ.

އަމީތާބް އޭނާގެ އުފަންދުވަސް ފާހަގަ ނުކުރި ނަމަވެސް ސޮނީ ޓީވީން ދައްކާ އަމީތާބް ހޯސްޓްކުރާ ކުއިޒް ޝޯ "ކައުން ބަނޭގާ ކްރޯޅް ޕަތީ" ގައި ކޮންޓެސްޓެންޓްގެ ފަރާތުން ޚާއްސަ ޝޯއެއް ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ގެނެސް ދިނުމަށް ހަމަޖެހިފައެވެ.

އަމީތާބް އެންމެ އަވަހަށް ފެނިގެން ދާނީ ވިޖޭ ކްރިޝްނާ އަޗަރްޔާގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. މި ފިލްމްގައި އަމީތާބް އާއި އެކު ދެން ފެނިގެން ދާނީ އާމިރް ޚާން އާއި ކެޓްރީނާ ޚާއިފް އަދި ފާތިމާ ސަނާ ޝެއިޚް އެވެ.

- ކޮމެންޓް
11 އޮކްޓޯބަރ 2018 | ބުރާސްފަތި 12:20
muslim
no he is a muslim thats why