ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 11:02
އައްޒަ އަދި ޖުމާ: ހީލީމާ ލަވައިގެ ތެރެއިން
އައްޒަ އަދި ޖުމާ: ހީލީމާ ލަވައިގެ ތެރެއިން
ވީޑިއޯ ސްކްރީން ޝޮޓް
ހީލީމާ
ފެޝަން ދާއިރާގެ ޒުވާޏް ދެ މޫނަކާއެކު ހީލީމާ
މިލަވައިން ފެނިގެންދާނީ ދެ މޮޑެލްސް ކަމަށްވާ އިޝްފާން އަދި ޖަމްޝީދާ

2016 ވަނަ އަހަރު ނެރުނު ވީޑިއޯ ލަވަ "ހީލީމާ"ގެ ރިކްރިއޭޝަން" އެއް ނެރުމަށް ތައްޔާރު ވެއްޖެއެވެ. 

"ހީލީމާ" ގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް ރާއްޖެ އެމްވީއަށް ބުނީ ކުރީ ލަވައާއި އެއްގޮތަށް މިފަހަރުގެ ލަވަ ވެސް ޑައިރެކްޓް ކުރާނީ އޭނާ ކަމަށެވެ. 

މިފަހަރުގެ ލަވައިގައި ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ "ޓޮޕް މޮޑެލްސް މޯލްޑިވްސް 2018"ގެ ވިނަރ ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ. 

ޖަމްޝީދާ

 

މުހައްމަދު އިޝްފާން

އަޒްހާން ބުނީ މި ލަވައަކީ ވެސް ކުރީގެ ލަވައިގެ ރަހަތައް ހިމަނައިގެން ތައްޔާރު ކުރާނެ ލަވައެއް ކަމަށެވެ. މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ "އިމޭޖިނޭޝަން ރިއަލިޓީ"އިންނެވެ. 

2016 ވަނަ އަހަރު ރިލީޒްވި "ހީލީމާ" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ލަވަ ކަމަށް އަޒްހާން ބުންޏެވެ. 

ރަޝިއާގެ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި "ހީލީމާ" ލަވަ އެފަހަރު ޕޯސްޓްވެސް ކޮށްފައެވެ. އެ ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ. އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ. 

"އެފަހަރުގެ ލަވައަކީ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި ލަވައެއް. އޭގައި އުޅެނީ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަ." އަޒްހާން ބުންޏެވެ. 

މިފަހަރުގެ ލަވައަށް ދާނެ ޚަރަދެއް އަޒްހާން ހާމަކޮށްފައެއް ނުވެއެވެ. 

- ކޮމެންޓް
10 އޮކްޓޯބަރ 2018 | ބުދަ 08:49
ޗަކޮއި
ލަވަ ކިތަންމެ އަގުބޮޑަސް ރީތިވިޔަސް ހިމާޔަތް ކުރެވިފައިވާ ފަތުރުވެރިންގެ މެދުގައި މަގުބޫލުު ހަޒާނާމިވަނީ ނެތިގޮއްސާ. ތިޔަލަވައިން އެފެންނަ ބޯޓްމިވަނީ އަޑިއަށްގޮއްސަ. ބޯޓުގަވާތަކެއްޖަހާ އެގޮތްމިގޮތަށް ދަމާ ބޯޓުވަނީ ހަލާކުކޮއްފަ ތިލަވަ ވަރަށް ރީއްޗަށްބަލާ ލަވަރީތިވެގެން ވާހަކަދައްކާއިރު ހިމާޔަތް ކުރެވިފާވާ ތަނަކަށް ގެއްލުންދިން ބަޔަކަށް އެކަށޭނަ ފިޔަވަޅު އަޅަންޖެހޭ. މިހިރީ ވީޑިއޯއިން ފެންނާން ކޮބާ އައްޒަ.