ކ. މާލެ
|
11 އޮކްޓޯބަރ 2018 | ބުރާސްފަތި 20:48
އަންދާ ދުން ގެ ޓްރެއިލާ ޕޯސްޓަރ
އަންދާ ދުން ގެ ޓްރެއިލާ ޕޯސްޓަރ
ގޫގުލް
ބޮލީވުޑް
އަންދާ ދުން 18 ކުރޯޑަށް އަރައިފި
"އަންދާ ދުން" އަކީ އަޔުޝްމަން ޚުއްރަނާ ލޯފަން ޕިއާނޯ ކުޅުންތެރިއެއްގެ ރޯލްކުޅެފައިވާ ފިލްމެއް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމް "އަންދާ ދުން" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 18.40 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓްރޭޑް އެނެލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވިޓްގައި ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ހުކުރު ދުވަހު އާމްދަނީގެ ގޮތުގައި 2.70 ކްރޯޑް ރުޕީސް، އަދި ހޮނިހިރު ދުވަހު 5.10 ކްރޯޑް ރުޕީސް، އާދިއްތަ ދުވަހު 7.20 ކްރޯޑް ރުޕީސް އަދި ހޯމަ ދުވަހު 3.40 ކްރޯޑް ރުޕީސް އާއި އެކު ޖުމްލަ 18.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށެވެ.

މި ފިލްމް ރިލީޒްކުރި ދުވަހު ރިލީޒް ކުރި ސަލްމާން ޚާން ގެ ފިލްމް " ލަވްޔާތްރީ" އަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.75 ކުރޯޑު އިންޑިއަން ރުޕީސް އެވެ.

"އަންދާ ދުން" އަކީ އަޔުޝްމަން ޚުއްރަނާ ލޯފަން ޕިއާނޯ ކުޅުންތެރިއެއްގެ ރޯލްކުޅެފައިވާ ފިލްމެކެވެ. ސިރަމް ރަގްވަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ މަރުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ރަދީކާ އަޕްތޭ އަދި ތާބޫ ވެސް ފެނިގެންދެއެވެ.

- ކޮމެންޓް