ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 19:40
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
ގޯލް.ކޮމް
އިނގިރޭސި ޕްރެމިއަ ލީގު
މި ރެއަކީ މޮރީނިއޯ ބޮޑު ރެއެއް!
މިސީޒަން އަދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ

ފުރަތަމަ ހަތް މެޗަށްފަހު ޕްރިމިއާ ލީގުގެ 10 ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއަށް މިރެއަކީ ބޮޑު ރެއެކެވެ.

ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މޯރީނިއޯ އެ ކުލަބުގެ ކޯޗުގެ މަގާމުން ދުރުކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިދިޔަ ހަފުތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން ބަލިވުމާ އެކު މި ސީޒަން ވެފައި ވަނީ 29 އަހަރުގެ ތެރޭގައި ޔުނައިޓެޑުން އެންމެ ދަށްކޮށް ލީގު ފެށި ސީޒަނަށެވެ.

މެންޗެސްޓާ ޔުނައިޓެޑާ 2016 ވަނަ އަހަރު ގުޅުނު މޮރީނިއޯ ވަނީ އެ ކްލަބަށް މިދިޔަ އަހަރު ޔުރޮޕާ ލީގާއި ލީގު ކަޕް ހޯދައިދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިރޭގެ މެޗުގައި ޔުނައިޓެޑުން ކޮންމެ ނަތީޖާއެއް ނެރުނަސް މޮރީނިއޯ މަގާމުން ދުރުކުރާނެއެވެ. ސަބަބެއް ކަމަށް ރިޕޯޓްތަކުގައި ވަނީ ޔުނައިޓެޑުގެ ބޯޑު މެމްބަރުންގެ އިތުބާރު މޮރީނިއޯ އަށް ގެއްލުމެވެ.

ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރުމުން ހަވާލުވި ޑޭވިޑް މޮއިސް އާއި އޭގެ ފަހުން ހަވާލުވި ލުއިސް ވެން ހާލް ފަދައިން މޮރީނިއޯ އަށް ވެސް ޔުނައިޓެޑްގެ ކުރީގެ ފެންވަރަށް އެޓީމު ގެންދެވިފައެއް ނުވެއެވެ.

މޮރީނިއޯ އަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޕައުލް ޕޮގްބާއާ މައްސަލަ ޖެހުމެވެ.

ޔުނައިޓެޑާއި މޮރީނިއޯ ހަވާލުވެ ދުނިޔޭގެ ރެކޯޑް މުގުރާލައި 105 މިލިއަން ޔޫރޯ އަށް ގެނައި ޕޮގްބާއަކީ އެ ކުޅުންތެރިއެއްގެ ފަރާތުން ޔުނައިޓެޑުގެ ސަޕޯޓަރުން ގިނަ އުއްމީދުތަކެއް ކުރި ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް