Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 16:44
ފުވައްމުލަކު ފަރަށް އެރި ބާޖެއް
ފުވައްމުލަކު ފަރަށް އެރި ބާޖެއް
އަޒުމޫން އަހުމަދު
އިނގުރައިދޫ
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
ބާޖު ފަރަށް އަރާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި
ހިލައަކީ އެރަށު ބަނދަރު މަރާމާތު ކުރުމަށް ގެންދިޔަ ހިލަ

ރ. އިނގުރައިދޫ އަށް ބޮޑު ހިލަ ހިފައިގެން ދިޔަ ބާޖެއް އެރަށު ފަރަށް އަރައިފި އެވެ.

 

ރާއްޖެ އެމްވިއަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ އަބްދުއް ރަހުމާން ވިދާޅުވީ އެ ބާޖު ފަރަށް އަރާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިލަ ބޭލުމަށް ޚާއްސަކޮށްފައިވާ އެރަށުގެ އުތުރު ފަރާތު ފަރު މައްޗަށް ކަމަށެވެ.

 

ބާޖު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ބާޖުގެ ފަޅުވެރިންނާއި ގުޅި ފަށާފައިވީ ނަމަވެސް ދިޔަވަރު ހިކި ވުމުން މިވަތު ވަނީ މަސައްކަތް ހުއްޓާލާފައި ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑު ވުމުން ބާޖު ފުން ކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެ ހިލައަކީ އެރަށު ބަނދަރު މަރާމާތު ކުރުމަށް ގެންދިޔަ ހިލަ ކަމަށް ކައުނސިކލުން މައުލޫމާތު ދެއެވެ.

 

އިނގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް