ރަސްދޫ މިސްކިތުގެ މުންނާރު ވެއްޓިއްޖެ އެވެ.
ރަސްދޫ ކައުންސިލްގެ ޑިރެކްޓަރު އަބްދުއް ޝުކޫރު މުހައްމަދު ވިދާޅުވީ ދިގުމިނުގައި ގާތްގަނޑަކަށް 35 ފޫޓް ހުންނަ އެ މުންނާރު ވެއްޓުނީ އައި ކޮޅިގަނޑެއްގައި މިއަދު 2:15 ހާއިރު ކަމަށެވެ.

އެލުމިނިއަމުން ހަދާފައިވާ މުންނާރު ވެއްޓިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބެ އެވެ.
މީގެ ހަތް އަހަރު ކުރިން ޔުނިވާސަލްގެ އެހީގައި ދެ ބުރިއަށް ހަދާފައިވާ އެ މިސްކިތަކީ އެއް ފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެކެވެ.
ކޮޅިގަނޑުގައި މުންނާރު ވެއްޓުމުގެ އިތުރުން ރަސްދޫގެ އެހެން ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.