އިލެކްޝަންސް ކަމިޝަންގެ ނިންމުމެއް އެކަމިޝަނަށް ބާތިލް ކުރެވޭނެކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅު
ވެއްޖެއެވެ.
12 މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާ ކަމަށް އިލެކްޝަންސް ކަމިޝަނުން ކަނޑައެޅިތާ 24 ގަޑިއިރު ނުވަނީސް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީގެ ނިންމުން އެ ކަމިޝަނަށް ބާތިލް ކުރެވޭނެ ކަމަށާއި އަދި ބާތިލް ކުރުމުގެ ނަތީޖާ އަކަށްވާނީ ނިންމުމުގެ މައްޗަށް ދެބަސްވުމެއް އުފެދިފައިވާނަމަ އެ ކަމެއްވެސް ނިމުމަކަށް އައުން ކަމަށެވެ.
އިލެކްޝަނުން ނިންމާފައި ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރީ ސުޕްރީމް ކޯޓުން ގޮނޑީގެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ. އީސީން ކުރިން ނިންމި ނިންމެވުން ބާތިލުކޮށް އެކަން މަޖިލީހަށާއި ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާއި ގުޅިގެން ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެކޯޓުން ގޮތެއް ނުނިންމަނިސް މައްސަލައިގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމުގެ ޢަމަލެއް ކަމަށް ބެލެވޭ ކަމަށާއި، އެފަދަ ނުފޫޒެއް ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނު އަސާސީގައި މަނާކޮށްފައި އޮތް ކަމެއް ކަމަށެވެ.