ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަންކޮށްފި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވާ މުންދު ޕީޕީއެމްގެ އެސްޖީގެ މަޤާމަށް އައްޔަން ކޮށްފައިވަނީ ބުދަ ދުވަހު ކުއްލިގޮތަކަށް ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާޤުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަފައިވަނީ އެ ޕާޓީގެ ރައީސްގެ މަޤާމަށް ވަޑައިގެން ހުންނެވި އަބްދުﷲ ޔާމީން އެވެ.
PPM Ge Council ge Khaasa Badhaluvumugai Party ge Secretary General Kamuge magaamah Mohamed Hussain Shahreef @mundhu_maldives Council Badhaly vumuge Ithifaagun Ayyan Kohffi. 3/10/2018. Marhabaa @mundhu_maldives pic.twitter.com/HF2QLOYic8
— Progressive Party of Maldives (@PPM_MDV) October 3, 2018
މީގެކުރިން ޕީޕީއެމްގެ އެސްޖީގެ މަޤާމުގައި ހުންނެވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އެވެ. އޭނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ކޯޓުން ޕީޕީއެމްގެ ބާރުތައް އަތުލުމަށްފަހު 2016 ވަނަ އަހަރު އެވެ.
ޕީޕީއެމްގެ އެސްޖީގެ މަޤާމަށް ކުއްލިގޮތަކަށް މުންދު އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ ކޮންގްރެސްއިން ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ. އެ ކޮންގްރެސްގައި ޕާޓީގެ ރައީސްގެ މަޤާމަށް އަބްދުﷲ ޔާމީން އިންތިހާބްކޮށްފައިވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.