ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 20:02
ރޭގެ މެޗުގެ ތެރެއިން
ރޭގެ މެޗުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޗެމްޕިއަންސް ލީގު
ރެއާލް މެޑްރިޑަށް ހިތްދަތި ބައްޔެއް
މި މެޗުގައި ރެއާލްގެ މުހިތްމު ބައެއް ކުޅުންތެރިން ނުހިމެނޭ

ޗެމްޕިއަންސް ލީގްގައި، ރަޝިއާގެ ސީއެސްކޯ މޯސްކޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިތްދަތި ގޮތަށް ބަލިވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ މައްޗަށް ސީއެސްކޭއިން ކާމިޔާބު ހޯދީ 1-0 ނެވެ. މި މޮޅާ އެކު ސީއެސްކޭއޭ ވަނީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއް ވަނަ އަށް އަރައިފަ އެވެ.

ރެއާލް މެޑްރިޑާއި އޭއެސް ރޯމާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އުސޫލުން ކުރި ހޯދައި ދެ ވަނައިގައި އޮތީ މެޑްރިޑެވެ. ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ސީއެސްކޭއޭ އިން ވަނީ ކުރި ހޯދައިފަ އެވެ. ލަނޑު ކާމިޔާބު ކުރީ ނިކޮލާ ވުލަސިޗް އެވެ.

ރެއާލް މެޑްރިޑްގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން އެ މި މެޗަށް ނުކުތީ އެ ކުޅުންތެރިން ނުލައެވެ. އެގޮތުން ކެޕްޓަން ސާޖީއޯ ރާމޯސް އާއި ވައިސް ކެޕްޓަން މާސެލޯގެ އިތުރުން ގެރެތު ބޭލް ޓީމުގައި ހިމެނިފައެއް ނުވެއެވެ. މީގެ އިތުރުން މެޗު ފެށިއިރު މޮޑްރިޗްވެސް އިނީ ބެންޗުގައެވެ.

މެޑްރިޑްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ކަރިމް ބެންޒެމާ އާއި އާއި ކަސެމިރޯ އަދި މަރިއާނޯގެ ހަމަލާތައް އަމާޒުވީ ގޯލް ދަނޑިއަށެވެ.

އިތުރު ވަގުތުގެ ތެރޭގައި ސީއެސްކޭއޭގެ ގޯލްކީޕަރު އަކިންފީވަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އޭނާ ވަނީ މި މެޗުގައި މުހިއްމު ސޭވްތަކެއް ވެސް ކޮށްފަ އެވެ.

މިއީ ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބު ޖެހިޖެހިގެން ދިޔަ ތިން ވަނަ މެޗެވެ. ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ 0-0 އިން އެއްވަރުވިއިރު އޭގެ ކުރިން ސެވިއްޔާ އަތުން 3-0 އިން ބަލިވީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް