ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 20:02
ރޭގެ މެޗުގައި ޔުނައިޓެޑްގެ ޕޮގްބާ ވެލެންސިއާ ކުޅުންތެރިއެއް ކައިރިން ދިޔުމަށް މަސައްކަތް ކުރަނީ
ރޭގެ މެޗުގައި ޔުނައިޓެޑްގެ ޕޮގްބާ ވެލެންސިއާ ކުޅުންތެރިއެއް ކައިރިން ދިޔުމަށް މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ޔުއެފާ ޗެމްޕިއަންސް ލީގު
ވެލެންސިއާ އަތުންވެސް ޔުނައިޓެޑަށް މޮޅުވެވޭ ގޮތެއްނުވި!
މިއީ މޮޅުވާތާ ހަތަރުވަނަ މެޗު
ސިޓީ ވަނީ ފަހުވަގުތު ޖެހި ލަނޑާއެކު މޮޅުވެފަ

އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ސްޕެއިނުގެ ވެލެންސިއާއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މައްސަލަތަކާ ކުރިމަތިވެފައިވާ މެންޗެސްޓާ ޔުނައިޓެޑުން ސްޕެއިންގެ ވެލެންސިއާ ދެކޮޅަށް މެޗު ފެށީ ވަރަށް ރަނގަޅަށެވެ. ނަމަވެސް ވަކި ހިސާބަކުން ވެލެންސިއާ މެޗު ކޮންޓްރޯލް ހޯދާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ.

ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗަކީ ޔުނައިޓެޑް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތަރު ވަނަ މެޗެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި ހަތަރު ޕޮއިންޓާ އެކުއެވެ.

ޗެމްޕިއަންސް ލީގުގެ ކުރިން އިނގިރޭސި ލީގު ކަޕުން ޑާބީ ކައުންޓީ އަތުން ބަލިވެ ކެޓިއިރު ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެ ވުލްވްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޕޮގްބާ ފޮނުވާލި ހިލޭޖެހުމަކާއި ލުކާކޫ ފޮނުވާލި ހަމަލާއެއް ވެލެންސިޔާގެ ކީޕަރު ނެޓޯ ދިފާއުކުރިއިރު ރަޝްފޯޑް ފޮނުވާލި ހިލޭޖެހުމެއް ވަނީ ވެލެންސިޔާގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.

ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ގްރޫޕް އެފްގައި ހިމެނޭ މެންޗެސްޓަރ ސިޓީ ރޭ މޮޅުވީ ރަށުން ބޭރުގައި ކުޅެ ޖަރުމަނުގެ ހޮފެންހެއިމްއާ ބައްދަލުކޮށް 2-1 އިންނެވެ. ސިޓީ މޮޅުވިި ލަނޑު ފަހު ވަގުތުގައި ޖަހައިދިނީ ޑޭވިޑް ސިލްވާއެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ހޮފެންހެއިމް އިންނެވެ. މި ގޯލު މެޗުގެ 43 ވަނަ ސިކުންތުގައި ކާމިޔާބުކޮށްދިނީ ބެލްފޮޑިލްއެވެ.

މެޗުގެ 87 ވަނަ މިނެޓްގައި ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި މެޗުން ސިޓީ މޮޅުވިއިރު، އޭގެ ކުރިން މި މުބާރާތުގައި ސިޓީ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ޓީމަށް ކުރިއަށް އޮތް ފަސް މެޗަކީ ފަސް ފައިނަލް ކަމަށް ބުނެފަ އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ލިޔޯން ދަނޑުގައި ފުރަތަމަ ހާފުގައި ޝަކްތަރު ޑޮނެސްކުން ދެ ލަނޑު ޖަހާފައި އޮއްވައި ދެ ވަނަ ހާފުގައި ލިޔޯނުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް