ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 19:49
ލަނޑު ޖެހުމަށްފަހު ސެންޓޭ ސެލެބްރޭޓް ކުރަނީ
ލަނޑު ޖެހުމަށްފަހު ސެންޓޭ ސެލެބްރޭޓް ކުރަނީ
އިމޭޖަސް.އެމްވީ
އަލީ ފާސިރު
ނިއުރޭޑިއަންޓަށް ސެންޓޭ ޖަހައިދިން ލަނޑުގެ އަދަދު ސަތޭކައަށް!
މިހާތަނަ 101 ލަނޑުވަނީ ޖަހައިދީފަ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް އެންމެ ފަހުން ކުޅުނު މެޗުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހެދި ހެޓްރިކާ އޭނާ އެކުލަބަށް ޖަހައިދިން ލަނޑުގެ އަދަދު 100 ލަނޑަށް އަރައިފިއެވެ.

ލީގުގައި ނިއުރޭޑިއަންޓް އެންމެފަހުން ކުޅުނީ ބ. ފެހެންދޫއާ ދެކޮޅަށެވެ. އެމެޗުގައި ސެންޓޭ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެއާއެކު އޭނާ އެކުލަބަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ.

ނިއު އަށް އެންމެ ފުރަތަމަ 100 ލަނޑު ހަމަކޮށްދިނީ މިދިޔަ ސީޒަނުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ މިހާތަނަށް ނިއު އަށް 128 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އިން ވިދާލި ސެންޓޭ ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އަދި ނިއު އާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވެއެވެ.

ނިއުއާ ގުޅުނު ފުރަތަމަ ސީޒަންގައި ސެންޓޭ ވަނީ އެކުލަބަށް18 ގޯލު ޖަހައިދީފަ އެވެ. އަދި 2013 ވަނަ އަހަރު ސެންޓޭ ވަނީ 14 ގޯލު ޖަހައިފަ އެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު 23 ގޯލު ޖެހިއިރު، 2015 ވަނަ އަހަރު އޭނާ ވަނީ ހަ ގޯލު ޖަހައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ސެންޓޭ ވަނީ އެ ޓީމަށް 21 ލަނޑު ޖަހައިދީފަ އެވެ. މި ސީޒަނުގެ މިހާތަނަށް ސެންޓޭ ވަނީ 19 ގޯލު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް