ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 19:35
އީގަލްސްގެ ކޯޗު މޯހަން
އީގަލްސްގެ ކޯޗު މޯހަން
ފޭސްބުކް
ދިވެހި ޕްރެމިއާ ލީގު
ހައްލެއް ނުހޯދިއްޖެނަމަ ފުޓުބޯޅައިގެ ކުރިމަގު ސަލާމަތެއްނުވާނެ: މޯހަން
ތިމަރަފުށި އޮތީ މާލީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިހާރު ކުރިއަށްދާ ގޮތުން ފެންނަނީ މާޔޫސްވާންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށާއި އެކަންކަން ޙައްލުކުރަން މަސައްކަތް ނުކޮށްފިނަމަ ނޫންނަމަ ފުޓްބޯޅައިގެ ކުރިމަގުވެސް ސަލާމަތް ނުވާނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު 'މޯހަން' ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ އީގަލްސްއާ ތިމަރަފުށީގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޯހަން ބުނީ މިހާރު ފުޓުބޯޅަ އޮތް ހާލަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ހިތާމަ ވެސް ކުރާ ކަމަށެވެ.

މޯހަން ބުނީ ކަންބޮޑުވާން ޖެހެނީ ވަކި ޓީމުތަކެއް ނޫން ކަމަށާއި ޖުމްލަކޮށް ހުރިހާ ޓީމުތައް އޮތީ މާޔޫސްވާންޖެހޭ ހާލަތުގައި ކަމަށެވެ.

މޯހަން ބުނީ މިހާހިސާބުން ވިސްނަންވީ އިތުރަށް މައްސަލަ ގޯސް ވިޔަ ނުދީ ސީޒަން ސަލާމަތް ކުރެވޭނެ ގޮތަކަށް ކަމަށެވެ. އޭނާ ބުނީ، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ހާލަތު ގޯސް ކަމަށެވެ.

މޯހަން ބުނީ، މިހާރު އުޅެގެން ނޫނީ އަންނަ އަހަރު ވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. ފުޓްބޯޅަ އާމެދު ދިވެހިން މާޔޫސްވެފައި ތިއްބައި މިހާލަތައް ދިއުމުން މީހުން އިތުރަށް މާޔޫސްވެގެން ދާނެ ކަމަށް ވެސް މޯހަން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގްގައި ރޭ، ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު ތިމަރަފުށީގެ ޓީމުގެ ކީޕަރު ބަދަލުކުރަން ޖެހުމުން، ބަދަލުގައި އެރި ކުޅުންތެރިޔާގެ ޖޯޒީ ތަފާތު ކުރުމުގެ ގޮތުން އޭނާއަށް ބިބެއް ދިނީ އީގަލްސްއިންނެވެ.

ރޭ ތިމަރަފުށީ ޓީމަށް ކުރިމަތިވި ހާލަތާ ގުޅިގެން އެ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ނަދީމު ބުނީ، ކުޅުންތެރިޔަކަށް އިންޖަރީވުމުން މެޑިކަލް ކަންކަން ހަމަޖައްސާނެ ފެންވަރުވެސް އެ ޓީމުގައި ނެތް ކަމަށެވެ.

ލީގުގައި ރޭ އީގަލްސް ކުޅުނު މެޗުން ތިމަރަފުށި އަތުން 9-0 އިން މޮޅުވިއިރު، މާލީ މައްސަލަތަކުގެ ސަބަބުން ތިމަރަފުއްޓަށް މުބާރާތުގައި ކުރިއަށް ދިއުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެއްބަސްވުމުގެ ދަށުން ތިމަރަފުއްޓަށް ފައިސާ ދޭން ހަމަޖައްސާފައި އޮތް ކުންފުންޏަކީ މިފްކޯ އެވެ. މިހާތަނަށް ތިމަރަފުއްޓަށް މިފްކޯގެ ފަރާތުން ބަޖެޓް ނުލިބި ޓީމު އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. މެޗުތަކަށް ޓީމު ހަވަނީ ކިރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް