ކ. މާލެ
|
2 ފެބްރުއަރީ 2017 | ބުރާސްފަތި 03:01
އައިޖީއެމްއެޗް:360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް
އައިޖީއެމްއެޗް:360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް
އަޒުމޫން އަހުމަދު
އޮޑިޓް ރިޕޯޓް
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
އެފައިސާ ހޯދުމަށް އެކަށޭނަ މަސައްކަތްތަކެއް ކޮށްފައެއް ނުވޭ

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އޮތްކަން ހާމަވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ 2014 ވަނަ އަހަރުގެ ކޮމްޕަލްޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކިއެކި ފަރާތްތަކުން ދައުލަތައް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވިއަސް 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް އައިޖީއެމްއެޗަށް ލިބެންޖެހޭ ތިންސަތޭކަ ފަސްދޮޅަސް މިލިއަން ނުވަސަތޭކަ ސައުވީސް ހާސް ދުއިސައްތަ ފަނަރަ ރުފިޔާ ލިބިފައި ނުވާ ކަމަށެވެ. އަދި އެފައިސާ ލިބިފައި ނުވިނަމަވެސް އެފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ.

އެއޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން އަދި އެމިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ބައެއް އިދާރާތަކުގެ ހަރުމުދަލު ރެކޯޑް ބަލަހައްޓާފައި ނުވާކަމަށާއި އަދި ހަދިޔާގެ ގޮތުގައި ލިބޭ ތަކެތީގެ ރަޖިސްޓްރީއެއްވެސް ބަލަހައްޓާފައި ނުވާކަމަށެވެ.  

- ކޮމެންޓް