ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާން އޮމާން ކަމާއިއެކު ރައީސް އަބްދުﷲ ޔާމީން ކުރިއަަށް ނުގެންދެވޭނަމަ އެމަނިކުފާނު މަގާމުން ދުުރުކުރަން ޖެހިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ކަންކަން އަމާން އޮމާން ކަމާއިއެކު ކުރިއަށް ނުގެންދެވޭނެނަމަ ރައީސްކަމުން އެމަނިކުފާނު ދުރުކޮށް ނައިބު ރައީސް ޖިހާދުގެ ބެއްލެވުމުގެ ދަށުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.
Verikan badhal kurumuge kankan omaan kamaieku kuriah nugendhevenee nama, Raees Yameen verikamun dhurukoh, Naib Raees Jihad ge belluvumuge dhashun kankan kuriah gendhiun budhdhiveri
— Mohamed Nasheed (@MohamedNasheed) October 2, 2018
ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބުގައި ރައީސް ޔާމީން ހީފުޅުކުރައްވާފައި ނުވާ ވަރުގެ ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންނެވިއިރު، އެ ބަލި އެ މަނިކުފާނު ގަބޫލުކުރެއްވުމަށް ފަހު، އޭގެ އެއް ހަފުތާ ފަހުން އިންތިޚާބުގެ ސައްހަކަމާދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވޯޓުލީ 96،000 މީހުންކަމަށް ގަބޫލުނުކުރެއްވޭކަމަށާއި އެއަށްވުރެ ގިނައިން އެމަނިކުފާނަށް ވޯޓް ލިބިވަޑައިގެންކަމަށް ގަބޫލުކުރެއްވޭކަމަށެވެ.