ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 18:29
ރޮނާލްޑޯއަށް ވަގުތު ބޭނުންވާ ކަމަށް ޔުވެންޓަސްގެ ކޯޗު ބުނޭ
ރޮނާލްޑޯއަށް ވަގުތު ބޭނުންވާ ކަމަށް ޔުވެންޓަސްގެ ކޯޗު ބުނޭ
އޭއެފްޕީ/ގެޓީ
ކްރިސްތިއާނޯ ރޮނާލްޑޯ
ޔުވެންޓަސްއަށް ހޭނެން ރޮނާލްޑޯ ވަގުތު ބޭނުންވޭ: އަލެގްރީ
މިރޭގެ މެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެ

ޔުވެންޓަސް ކުޅޭ ސްޓައިލަށް ހޭނެން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަގުތު ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. އެއީ މި މުބާރާތުގައި ވެލެންސިއާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ރަތް ކާޑު ދެއްކުމުންނެވެ.

އިޓާލިއަން ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ނަޕޯލީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

އަލެގްރީ ބުނީ މިރޭގެ މެޗަށް ރޮނާލްޑޯ ސަސްޕެންޑްވުމުން މާ ބޮޑު މާޔޫސްކަމެއް ނެތް ކަމަށާއި އެއީ ހާއްސަ ސަަބަބެއްވެސް އޮތުމުން ކަމަށެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ރޮނާލްޑޯއަށް އަރާމްކުރަން ފުރުސަތު ލިބޭނެ ކަމަށާއި އިތުރަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތުވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

އަލެގްރީ ބުނީ ޔުވެންޓަސް އާއި ގުޅުމަކީ ރޮނާލްޑޯއަށް ފެށުމެއް ކަމަށާއި އަދިވެސް އެ ޓީމުގެ ސްޓައިލަށް ހޭނެން ވަގުތުތަކެއް ނަގާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން މި ދުވަސް ވަރަކީ ރޮނާލްޑޯއަށް ޕްރެޝަރ ބޮޑު ދުވަސްވަރެކެވެ. އެގޮތުން 2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅޭ މައްސަލަ އަލުން ބެލުމަށް އެމެރިކާގެ ލަސް ވޭގަސްގެ ފުލުހުންގެ އިދާރާ އިން ވަނީ ނިންމާފައެވެ.

މި ތުހުމަތު ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. ޖަރުމަނުގެ މެގަޒިން އަކަށް މަޔޯގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް