ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 00:43
ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
ގައުމީ ޓީމް
އިންޑިއާ އަތުންވެސް ރާއްޖެ ބަލިވެއްޖެ
ފުރަތަމަ މެޗަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައި ވޭ

ބޫޓާންގައި މިހާރު ކުރިއަށްދާ ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިންޑިއާ އަތުން ވެސް ބަލިވެއްޖެއެވެ.

ބޫޓާންގެ ތިމްޕޫގެ ޗަންގިލިމިތާންގް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ބޫޓާނާއި ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވެފައި ވަނީ 13-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ފުރަތަމަ މެޗާއި ޚިލާފަށް މިމެޗުގައި ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނިފައިވެއެވެ. އިންޑިއާ ފަދަ ވަރުގަދަ ގައުމަކާ ދެކޮޅަށް ކުޅުނު އިރު، ލަނޑުގެ ފަރަގު ކުޑަކުރުމަށް ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވެއެވެ.

މި ފަހަރުގެ މުބާރާތަކީ ސަރަހައްދީ ލެވެލްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ޓީމު ދިޔައީ ބައިނަލްއަގުވާމީ އެއްވެސް ތަޖުރިބާއެއް ނެތިއެވެ.

މިއަހަރުގެ މުބާރާތަކީ ސާފް އިން އިސްނަގައިގެން ބާއްވާ 18 އަހަރުން ދަށުގެ އަންހެން ފުރަތަމަ މުބާރާތެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ރާއްޖެ އިތުރުން ދެން ހިމެނެނީ އިންޑިއާ އާއި މުބާރާތް ބާއްވާ ގައުމު، ބޫޓާނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ވެސް ސެމީއަށް ދިއުމަށް ރާއްޖެއަށް އޮތީ ހަނި ފުރުސަތެކެވެ. މިއަދުގެ މެޗުން މޮޅުވެ އިންޑިއާ އިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް