ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 14:44
ރިލްވާންގެ ކަކުލުގެ އޮޕަރޭޝަން އޭޑީކޭގައި ކުރަނީ
ރިލްވާންގެ ކަކުލުގެ އޮޕަރޭޝަން އޭޑީކޭގައި ކުރަނީ
މުހައްމަދު ޝަރުހާން
ރިލްވާން ވަހީދު
ހިތްވަރު އެބަހުރި އެނބުރި އަންނާނަނީ ވަރުގަދަކޮށް: ރިލޭ
އެނބުރި އާދެވޭނީ 6 މަސް ފަހުން
ލިގަމެންޓުން ބައެއް އިރައިގެން ގޮސްފައިވޭ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށްދާން ޖެހުނީ ކެރިއަރުގެ ވަރަށް މުހިއްމު ހިސާބަކުން ކަމަށާއި ނަމަވެސް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނީ ވަރުގަދަކޮށް ކަމަށް ނިއު ރޭޑިއަންޓުގެ ރިލުވާން ވަހީދު (ރިލޭ) ބުނެފިއެވެ.

ރިލޭގެ ކަކުލަށް އަނިޔާވެފައި ވަނީ ސާފު ސުޒުކީ ކަޕަށް މެދުކަނޑާލި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމުން ނިއުރޭޑިއަންޓުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނިކޮށެވެ.

އާންމުކޮށް ރައިޓް ބެކަށް ކުޅުނު ނަމަވެސް ރިލްވާނަކީ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ދިވެހި ކުޅުންތެރިންގެ އެކަކެވެ.

ރިލޭ ވަނީ ދާދި ފަހުން އޮމާނުގެ ސުރް އެފްސީގެ ޓްރަޔަލްގައި ބައިވެރިވެ ފާސް ވެސް ވެފައެވެ. ނަމަވެސް ނިއުރޭޑިއަންޓުން އޭނާ ދޫކުރަން ކީ އަގު ބޮޑުކަމުން އެ ކްލަބަށް އޭނާ ގެނެވޭ ގޮތެއް ނުވިއެވެ.

ރިލޭ ބުނި ގޮތުގައި އޭނާގެ ކަކުލަށް އަނިޔާވީ ސީޒަން ބެރޭކް ތެރޭގައި ފިޓްނަސް ހިފަހައްޓަން ޖިމްގައި ވޯކައުޓް ހަނިކޮށް ކަމަށެވެ. ނަމަވެސް ބޮޑަށް އަނިޔާވީ ފަރިތަކުތަކުގައި ބައިވެރި ހިސާބުން ކަމަށް ރިލޭ ބުންޏެވެ.

އެމްއާރުއައި ހެދުމަށް ފަހު އޮޕަރޭޝަނަކަށް ދާން ނިންމީ ކެރިއެރުގެ ކުރީކޮޅު ކުޅުމާ ދުރަށްދާން ޖެހިދާނެތީ ކަމަށް ވެސް ރިލޭ ބުންޏެވެ. އަދި ހަމަސް ދުވަހަކީ ދިގު މުއްދަތަކަށް ވިޔަސް އެނބުރި ކުޅުމުގެ ތެރެއަށް އަންނީ ވަރުގަދަކޮށް ކަމަށް އޭނާ ބުންޏެވެ.

 

އޮޕަރޭޝަނަށް ފަހު ޑޮކްޓަރާ އެކު

ދަނޑުމަތީގައާ ދަނޑުން ބޭރުގައި ވެސް މަޖާ މިޒާޖެއް ގެންގުޅޭ ރިލޭ ބުނީ ކުޅުމާ ދުރުގައި ހުންނަން ޖެހޭ ދުވަސްތަކުގައި ޓީމުގެ ކުޅުންތެރިންނާއި ފުޓުބޯޅަ މަތިން "ވަރަށް މިސްވާނެ" ކަމަށެވެ.

ރިލޭގެ ކަކުލަށް ލިބިފައިވާ އަނިޔާ ގުޅިގެން މިހާރުވަނީ އޮޕަރޭޝަންކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ފަސް މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހެވެ.

އަނިޔާގެ ސަބަބުން ރިލޭއަށް ސީޒަން ނިމިފައިވާއިރު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އެބައޮތެވެ.

ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ރިލޭ ނިންމީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ އޮޕަރޭޝަންކުރީ ޑރ. ހަސަން ޝަކީލެވެ.

ނިއުރޭޑިއަންޓުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ރިލޭގެ ކަކުލަށް ލިބުނު އަނިޔާ ގުޅިގެން ކުރި އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއްކޮށްފައި ވަނީ އޭނާގެ އަމިއްލަ ޚަރަދުގައި ކަމަށް އެނގިފައި ވެއެވެ. ރިލޭގެ ސާޖަރީއަށް އޭނާ ކުޅެމުން އަންނަ ކްލަބުން އެއްވެސް ހަރަދެއް ކޮށްދީފައެއް ނުވެއެވެ.

މިދިޔަ އޯގަސްޓް މަހު އޮމާންގެ ސުރް ކްލަބަށް ދިޔުމަށް ރިލޭ ކުރި މަސައްކަތް ވެސް ނާކާމިޔާބުވީ އޭނާގެ ކުލަބުގެ ސަބަބުންނެވެ. އެގޮތުން ރިލޭއަކީ އެ ކްލަބަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ބުނެ، 10،000 ޑޮލަރުގެ ރިލީޒް ފީއަކަށް އެދުނެވެ.

ކްލަބް ވެލެންސިއާ އިން 2006 ވަނަ އަހަރު ކެރިއަރު ފެށި ރިލޭވަނީ ރާއްޖޭ ބޮޑެތި ގިނަ ކުލަބުތަތަކަށް ކުޅެފައެވެ. މި ފަހަރު ނިއުއާ އެކު އޭއެފްސީ ކަޕްގައި ވެސް ކުޅުނު ރިލޭ އަންނަނީ މި ސީޒަނުގައި އެޓީމުގައި މޮޅުމެއް ދައްކަމުންނެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން ގައުމީ ޓީމުން ކުރިން ގަވާއިދުން ޖާގަ ހޯދި ނަމަވެސް، ފަހަކަށް އައިސް މޮޅަށް ކުޅުނަސް ފުރުސަތެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް