ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 15:17
ރާއްޖެއާ ބޫޓާނާއި ބައްދަލުކުރި މެޗު
ރާއްޖެއާ ބޫޓާނާއި ބައްދަލުކުރި މެޗު
އެފްއޭއެމް
އަންޑަރ 18 ސާފް ޗެމްޕިއަބްޝިޕް
އަށާރަ އަހަރުން ދަށުގެ އަންހެންޓީމު ދެން ނުކުންނާނީ އިންޑިއާ ދެކޮޅަށް
ފުރަތަމަ މެޗުން ރާއްޖެ ވަނީ ބޮޑު ބައްޔެއްވެފައި
އިންޑިއާ ވަނީ ފުރަތަމަ މެޗުން މޮޅުވެފައި

ސާފް 18 އަހަރުން ދަށުގެ އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރާއްޖޭގެ އަންހެންޓީމު ނުކުންނާނީ އިންޑިއާ  އާ ދެކޮޅަށެވެ.

އަންގާރަ ދުވަހު ރާއްޖެއާ އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގެ ގަނޑިން ހަވީރު 15:00 ގައެވެ. އެފްއޭއެމް ރަސްމީ ފޭސްބުކް ޕޭޖުގައި ވާގޮތުން ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީން ފެންނާނެއެވެ.

ރާއްޖެ ހިމެނޭ މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބޫޓާން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

މިއީ މި ސަރަހައްދުގައި 18 އަހަރުން ދަށަށް ހާއްސަކޮށްގެން މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

އަންހެނުންގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބޫޓާން އަތުން ވަނީ ބަލިވެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވީ 13-0 ގެ ތަފާތުބޮޑު ނަތީޖާ އަކުންނެވެ. މި މެޗު ކުޅުނީ މުބާރާތް ބާއްވާ ބޫޓާންގެ ތިމްޕޫގެ ޗަންގިލިމިތާންގް ސްޓޭޑިއަމްގައެވެ.

މެޗުގައި ބޫޓާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ހާފްގައި ބޫޓާނުން ވަނީ ރާއްޖެކޮޅަށް 8 ގޯލް ޖަހައިފައެވެ. މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބޫޓާން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް