ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ބ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ.
ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަންގައި 23 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 3 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤު ކުރަމުންނެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ޖަހާދީފައެވެ.