ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 12:06
އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ވެއްޓެނީ
އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ވެއްޓެނީ
އޭއެފްޕީ/ގެޓީ
ރެއާލް މެޑްރިޑް
އަނިޔާގެ ސަބަބުން މޮސްކޯ މެޗުގައި ބޭލްއަށް ނުކުޅެވޭނެ
އަނިޔާވީ ފަލަމަސްގަނޑަށް
ބޭލްގެ އިތުރުން ރޯމަސްއަށް ވެސް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ގެރެތް ބޭލްއަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެވެ.

މެޑްރިޑަށް ކުޅެމުން އަންނަ ވެލްޝްގެ ވިންގަރ ބޭލްއަށް ނުކުޅެވެނީ އެންމެ ފަހުން ސްޕެނިޝް ލީގުގައި އެ ޓީމުން ކުޅުނު މެޗުގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވުމުންނެވެ.

މި ސީޒަނުގައި މިހާތަނަށް ހަތަރު ލަނޑު ޖަހާފައިވާ ބޭލްއަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މިހާތަނަށް އަށް މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ބޭލްގެ އެންމެ ބޮޑު މައްސޫލިއްޔަތަކަށް މި ފަހަރު ވެފައި ވަނީ ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމެވެ.

މޮސްކޯއާ ދެކޮޅަށް ރެއާލުން ނުކުންނަ މެޗަކީ އެޓީމަށް ގޮންޖެހުންތައް ބޮޑު މެޗަކަށް ވެގެންދާނެއެވެ. އެގޮތުން ބޭލްގެ އިތުރުން ޓީމުގެ މުހިއްމު ކުޅުންތެރިން  ކަމުގައި ކެޕްޓަން ސާޖިއޯ ރާމޯސް، ޑިފެންޑަރ މާސެލޯ އަދި އިސްކޯއަކަށް ވެސް ނުކުޅެވޭނެއެވެ.

ބޭލް ނެތުމުން ރެއާލްގެ ފޯވާޑްލައިންގައި މާދަމާ ރޭ ކަރީމް ބެންޒެމާ އަދި މާކޯ އަސެންސިއޯއާ އެކުގައި ހަރަކާތްތެރިވާނެ ކަމަށް ބެލެވެނީ ލޫކަސް ވަޒްކޭޒްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް