ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:39
ޒިދާން އަދި މޮރީނިއޯ
ޒިދާން އަދި މޮރީނިއޯ
މުހައްމަދު ޝަރުހާން
މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑުން ޒިދާނަށް ފާރަލާން ފަށައިފި
ޒިދާނާ ބައްދަލުކުރި ވާހަކަ ޔުނައިޓެޑުން ދޮގުކުރޭ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމު ހުށަހެޅުމަށް ރިއާލް މެޑްރިޑަށް ކުރިން ކޯޗުކޮށްދިން ޒައިނުއްދީން ޒިދާނާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޔުނައިޓެޑުން ޒިދާނާއ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފަށާފައި މި ވަނީ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ހޯސޭ މޮރީނިއޯ ބެހެއްޓުމާ މެދު ގޮތެއް ނިންމަން ޔުނައިޓެޑުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފައި ވަނިކޮށެވެ.

މޯރީނިއޯ މަޤާމުގައި ބެހެއްޓުމަށް ޔުނައިޓެޑްގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަން ނިންމީ ތަފާތު އެކި ސަބަބުތަކާ ހުރެއެވެ. އެގޮތުން މޮރީނިއޯ އާއި ޕައުލް ޕޮގްބާއާ ދެމެދު މައްސަލަތަކެއް ޖެހުމުގެ ސަބަބުން ޓީމުގެ ތެރޭގައި ބައިބައިވުން އުފެދުމާއި މިހާތަނަށް މި ސީޒަންގައި ޔުނައިޓެޑުން ނެރުމުން އަންނަ ދަށް ނަތީޖާތައް ހިމެނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމުގެ ނަތީޖާ ލީގުގެ ފުރަތަމަ ހަތް މެޗުގައި މިހާ ދަށްވި ދެ ވަނަ ފަހަރެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހަފްތާ ތެރޭގައި ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ ޕެރިހުގައި ޒިދާނާ ބައްދަލުކޮށްފައެވެ.

ރެއާލަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިން ޒިދާން މިހާރު ހުރީ ޓީމަކާ ހަވާލުނުވެއެވެ.

މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން މޮރީނިއޯ އާއި ޔުނައިޓެޑްގެ ވައިސް ޗެއާމަން ވުޑްވާޑާ މައްސަލަތަކެއް ޖެހުނެވެ. އެ ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހުނީ މޮރީނިއޯ ބޭނުންވާ ކުޅުންތެރިން އެ ޓީމަށް ނުހޯދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް