ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 18:15
ސްޓެލްކޯ އަހަރީ ރިޕޯޓް ނެރެދެއްވުން
ސްޓެލްކޯ އަހަރީ ރިޕޯޓް ނެރެދެއްވުން
ފާތިމަތު ޝަނާ މުހައްމަދު
ސްޓެލްކޯގެ އަހަރީ ޖަލްސާ
ހަ އަހަރަށް ފަހު ސްޓެލްކޯއަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް
ސްޓެލްކޯއިން މާލެއަށް 70 މެގަވޮޓުގެ ކަރަންޓް ފޯރުކޮށްދޭ

ހަ އަހަރަށް ފަހު ސްޓެލްކޯ އަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. 

ހަތް ދިހަ އަހަރުވެފައިވާ ސްޓެލްކޯއަށް އެންމެ ފަހުން ފައިދާ ލިބިފައިވަނީ 2011 ވަނަ އަހަރު އެވެ. 

ބްރާސްފަތި ސްޓެލްކޯ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ފެށީ 14 ކިލޯވޮޓްގެ ޖަނަރޭޓަރަކާއެކު ނަމަވެސް މިހާރު ހަމައެކަނި މާލެއަށް އެކަނިވެސް 70 މެގަވޮޓްގެ ކަރަންޓް ފޯރުކޮށްދޭ ކަމަށެވެ. މީގެ އިތުރުން ސްޓެލްކޯ އިން ހުޅުމާލެއަށް 20 މެގަވޮޓްގެ ކަރަންޓް ފޯރުކޮށްދޭއިރު ސްޓެލްކޯއިން ހިދުމަތް ދޭ 30 ރަށަށް 30 މެގަވޮޓްގެ ކަރަންޓް ފޯރުކޮށްދޭ ކަމަށެވެ. އެކުންފުންޏަށް 2017 ވަނަ އަހަރު ފައިދާ ލިބުނު ނަމަވެސް އެ ކުންފުނިން ހިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޒުހޫރު ވިދާޅުވި އެވެ. ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރަށް ބަރޯސާވުން ހުއްޓެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"2017 ވަނަ އަހަރު ލިބުނު ކާމިޔާބީއަކީ ކުންފުނީގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްގެން ގެނެވުނު ކާމިޔާބީއެއް. މީގެ ކުރިން އަޅުގަނޑުމެން ކޮންމެ ކަމެއް ބޭނުންވާ އިރަށް މިނިސްޓްރީ އޮފް ފިނޭންސްގައި އާދޭސް ކުރަން. ނުވަތަ ސަރުކާރުގައި ދަންނަވައިގެން ނުވަތަ އެންވަޔަރމެންޓް މިނިސްޓަރ ތޯރިގަށް ދަންނަވައިގެން އެކި ގޮތްގޮތަށް އެކަން ކުރަން." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، އެކުންފުނިން މީގެ ކުރިން ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖައްސަމުން ގޮސްފައިވަނީވެސް ބޭންކް އޮވަރ ޑްރާފްޓް ފެސިލިޓީގެ ތެރެއިން ކަމަށާއި އެހެން ނަމަވެސް އެކަން ބަދަލު ކުރުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތް ފެށި ކަމަށެވެ.

 

- ކޮމެންޓް