ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 18:16
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ގޫގުލް
އެމްޑީޕީގެ ގައުމީ މަޖިލިސް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އިދިކޮޅު އިއްތިހާދުގެ މެންބަރުންނާ މާދަމާ ބައްދަލުކުރައްވާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ސްރީ ލަންކާގައި ކުރިއަށް އެބަދެއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެއެވެ.

 

މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި  އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވަޑައިގަންނަވައެވެ. މީގެ އިތުރުން މޯލްޑިވިސް ޔުނައިޓެޑް އޮޕޮޒިޝަންގެ (އެމްޔޫއޯ)ގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 އާއި 12:00 ގަ އެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލިޑަރޝިޕްގެ އިސް ބޭފުޅުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު އިދިކޮޅު އިއްތިހާދަށް ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

 

މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓްގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރުވަނީ ލަންކާއަށް ވަޑައިގެންފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާގުޅޭ ގޮތުން އެޕާޓީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

 

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. ރާއްޖޭޓީވީ އަށް މިދިއަ އަހަރުގެ ފަހުކޮޅު ދެއްވި އިންޓަރވިއު އެއްގައި ރައީސް ނަޝީދު ވަނީ ވަރަށް އަވަހަށް ރާއްޖެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

- ކޮމެންޓް