ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 02:42
ފޭސްބުކްގެ ބަލި ފައެއް ބަޔަކު ވަނީ ހޯދާފައި
ފޭސްބުކްގެ ބަލި ފައެއް ބަޔަކު ވަނީ ހޯދާފައި
ގޫގުލް
ފޭސްބުކް އެކައުންޓް ހެކްކުރުން
ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި
ފޭސްބުކްގެ އެކައުންޓްތައް ހެކް ކުރިކަން އެނގުނީ އަންގާރަ ދުވަހު
ހަމަލާގައި ޝިކާރައަކަށްވި އެކައުންޓްތައް އަލުން ލޮގިން ވުމަށް ވަނީ އަންގާފައި

ފޭސްބުކްގެ 50 މިލިއަން އެކައުންޓް ހެކްކޮށްފައި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފޭސްބުކުން ބުނީ އެހެން މީހުންނަށް ތިމާގެ ޕްރޮފައިލް ފެންނަ ގޮތް ބެލުމަށް ތައްޔާރުކޮށްފައިވާ ނިޒާމްގެ ތެރެއިން، ފޭސްބުކްގެ ބަލި ފަޔެއް ބަޔަކު ހޯދާފައިވާ ކަމަށެވެ. އެ ބާގަނޑު ބޭނުންކޮށްގެން އެކައުންޓްތަކުގެ ސެކިއުރިޓީ ޓޯކަންސް ވަގަށް ދަމައިގަނެފައިވާ ކަމަށެވެ.

ސެކުރިޓީ ޓޯކަންއަކީ ފޭސްބުކްއަށް ލޮގިން ވުމަށް ފަހު، އަމިއްލައަށް ލޮގްއައުޓް ނުވާހާ ހިނދަކު ލޮގްއައުޓް ނުވާ ގޮތަށް ހެދުމަށް ބޭނުން ކުރާ ޓޯކަން އެކެވެ. އެހެން އެކައުންޓްތަކަށް، އެ ޓޯކަންގެ ވެރިފަރާތުގެ އެކައުންޓަށް ވަދެވޭނެއެވެ.

ފޭސްބުކްގެ އެކައުންޓްތަކަށް އެހެންވާކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ހަމަލާގައި ޝިކާރައަކަށްވި އެކައުންޓްތައް ލޮގް އައުޓްވުމަށް ފަހު އަލުން ލޮގިން ވާން ހުކުރު ދުވަހު ވަނީ އަންގާފައެވެ. ނަމަވެސް ޕާސްވޯޑް ބަދަލު ކުރަން ފޭސްބުކުން އަންގާފައެއް ނުވެއެވެ.

އެކައުންޓެއް ހެކްކުރުމުގެ މަސައްކަތް ބަޔަކު ކޮށްފައިވާ ނަމަ އެންމެ ފުރަތަމަ ވެސް ޕާސްވޯޑް ބަދަލުކުރުމަށް އިރުޝާދު ދޭ ކުންފުނިން މިފަހަރު އާ ޕާސްވޯޑެއް ޖެހުމަށް ބާރު ނޭޅީ އެ ހެކް ކުރުމުގައި ޕާސްވޯޑް ދަމައިގަނެފައި ނުވާތީއެވެ. އަދި އެ މީހުންގެ ސައިޓަށް ދިމާވި މައްސަލަ އެއްކޮށް ހައްލުވުމުންނެވެ. އެ ސައިޓުގެ ސެކިއުރިޓީ އިސްވެރިޔާ ގައި ރޯސަން ވިދާޅުވީ އެކަން ރަނގަޅުކޮށް އިތުރަށް ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް