ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:32
ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ - ފިހާރަ ވަނީ ބޮޑު ބަދަލަކާއެކު އަލުން ހުޅުވާފައި
ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ - ފިހާރަ ވަނީ ބޮޑު ބަދަލަކާއެކު އަލުން ހުޅުވާފައި
ރާއްޖެއެމްވީ
ވެލިގާ ހާޑްވެއަރ
ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު އަލުން ހުޅުވައިފި
ވެލިގާ ބާޒާރު ފިހާރަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2012 ވަނަ އަހަރު
ފިހާރަ ޖާގަ މިހާރު ބޮޑު ކުރެވިފައިވޭ
އެހެން ފިހާރަތަކުން ލިބެން ހުރި ހުރިހާ ޕްރަޑެކްޓެއް އެ ފިހާރަ އިން ވެސް ލިބެން ހުންނާނެ

ވެލިގާ ހާޑްވެއަރގެ ބާޒާރު ފިހާރަ ބޮޑު ބަދަލަކާއެކު ބޮޑުތަކުރުފާނު މަގުގެ ކަސްޓަމްސް ކައިރީގައި އަލުން ހުޅުވައިފިއެވެ.

ވެލިގާ ބާޒާރު ފިހާރަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ފިހާރަ ހުޅުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެލިގާ ހާޑްވެއަރގެ މާކެޓިންގ މެނޭޖަރ އިރުފާއު އަބްދުﷲ ވިދާޅުވީ ފިހާރަ ޖާގައިގެ ގޮތުން މިހާރު ބޮޑު ކުރެވިފައިވާ ކަމަށާއި ވެލިގާގެ އެހެން ފިހާރަތަކުން ލިބެން ހުރި ހުރިހާ ޕްރޮޑެކްޓެއް އެ ފިހާރަ އިން ވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ފިހާރަ ހުޅުވިގެންދިޔުމާއެކު ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި ހާއްސަކޮށް ރަށްރަށުން ހާޑްވެއަރ ސާމާނު ގަންނަން އަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް ވެލިގާ ހާޑްވެއަރ އިން ބުންޏެވެ. އަދި ވެލިގާގެ އަމާޒަކީ އަބަދު ވެސް ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ސާމާނު ފޯރުކޮށް، އަވަސް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެލިގާ އިން ވަނީ ބުނެފައެވެ.

ވެލިގާ ހާޑްވެއަރ އެންމެ ފުރަތަމަ ހާޑްވެއަރ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ.

ވެލިގާ އަކީ މިހާރު ރާއްޖޭގެ ހާޑްވެއަރ ވިޔަފާރީގައި މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑްތަކެއް ގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ ކުންފުންޏެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި  ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

 

- ކޮމެންޓް