ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:34
ކަރީނާ ކަޕޫރާއި ސަނީ ލިއޯނީ
ކަރީނާ ކަޕޫރާއި ސަނީ ލިއޯނީ
ގޫގުލް
ބޮލީވުޑް
ކަރީނާ ހޯސްޓްކުރާ ރޭޑިއޯ ޝޯގެ ފުރަތަމަ ގެސްޓަކަށް ސަނީ ލިއޯނީ
މިޝޯގެ ފުރަތަމަ ފޮޓޯ ދައްކާލާފައިވާއިރު އެ ފޮޓޯގައި ކަރީނާ ފެންނަނީ ސަނީ ލިއޯނީއާ އެކުގައި

ކަރީނާ ކަޕޫރު ޚާން ހޯސްޓްކުރާ ރޭޑިއޯ ޗެޓް ޝޯގެ ފުރަތަމަ ގެސްޓަކީ ސަނީ ލިއޯނީއެވެ.

މިޝޯގެ ފުރަތަމަ ފޮޓޯ ދައްކާލާފައިވާއިރު އެ ފޮޓޯގައި ކަރީނާ ފެންނަނީ ސަނީ ލިއޯނީއާ އެކުގައެވެ.

އެ ފޮޓޯގައި ދެ މީހުން ސޯފާއެއްގައި އިށީނދެ ތިބި އިރު އެ މީހުންގެ ކުރިމަތީގައި ހުރި ޓޭބަލްގައި ބޮޑު މައިކެއް ވަނީ ބަހައްޓާފައެވެ.

މި އަލިގަދަ ފޮޓޯގައި ގިނައިން ފެނިގެންދަނީ ރީނދޫ ކުލައިގެ އެކި ޝޭޑްސްތަކެވެ. ދެ މީހުން އިށީންދެ ތިބި ސޯފާގެ ފަހަތުގައި ރީނދޫ ކުލައިގެ މިރަރއެއް ވަނީ ބަހައްޓާފައެވެ.

އެ މިރަރގެ ދެ ފަރާތުގައި ދެ ފޮޓޯ ފްރޭމް ވަނީ ބަހައްޓާފައެވެ.

މިއަހަރު ޑިސެމްބަރު މަހު އޮންއެއަރ ކުރުމަށް ހަމަޖެހިފައިވާ މިޝޯ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "އިޝްގް އެފްއެމް" އިންނެވެ.މި ޝޯގައި އަޑުއެހުންތެރިންނަށް ޝޯގައި ބައިވެރިވެ ކަރީނާއާ ވާހަކަ ދައްކަން ފުރުސަތު ލިބިގެން ދާނެއެވެ. އާ ތަޖުރިބާއެއް ކޮށްލުމަށް އެކްސައިޓްވެފައި ހުރި ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މި މަހުގެ ކުރީކޮޅު މުމްބާއީ މިރަރ އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ މިއީ ކަރީނާގެ ފުރަތަމަ ރޭޑިއޯ ޝޯ ކަމަށާއި އެންމެންނަށް އޭނާގެ އަޑު އިވިގެންދާނެ ދުވަހަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި މިމަހުގެ މެދުތެރޭގައި ކަރީނާ ވަނީ މި ޝޯގެ ފޮޓޯ ޝޫޓެއް ބާއްވާފައެވެ.

ބޮލީވުޑްގެ ބައެއް ތަރިން ދަނީ ރޭޑިއޯ ޝޯތައް ހޯސްޓް ކުރަމުންނެވެ. އެގޮތުން ނޭހާ ދޫޕިއާ ވެސް ދަނީ ރޭޑިއޯ ޝޯއެއް ހޯސްޓް ކުރަމުންނެވެ. ފިލްމީ ތަރިންނަށް ދައުވަތު ދީގެން ގެނެސްދޭ "ނޯ ފިލްޓަރ ނޭހާ" ވަނީ  ޕޮޕިއުލާ ޝޯއަކަށް ވެގެން ގޮސްފައެވެ.

މީގެ އިތުރުން ކަރަން ޖޯހަރު ހޯސްޓް ކުރަމުންދާ ޗެޓް ޝޯ "ކޯލިން ކަރަން" ވެސް ވެގެން ގޮސްފައި ވަނީ ޕޮޕިއުލާ ޝޯއަކަށެވެ. އަދި ފެޝަން ސްޓައިލިސްޓް އަނައިތާ ޝްރޯފް އަދާޖާނިއާ ވެސް ދަނީ ޗެޓް ޝޯތައް ހޯސްޓް ކުރަމުންނެވެ. އެ ޝޯގައި ދާދިފަހުން ވަނީ ސޯނަމް ކަޕޫރާ އިންޓަވިއުކޮށްފައެވެ.

 

- ކޮމެންޓް