Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2017 | ބުދަ 15:25
އައިޖީއެމްއެޗް: މަރުވި އިރު ފަރުވާ ދެމުން އައީ ވެންޓިލޭޓަރެއްގެ އެހީގައި
އައިޖީއެމްއެޗް: މަރުވި އިރު ފަރުވާ ދެމުން އައީ ވެންޓިލޭޓަރެއްގެ އެހީގައި
އަޒުމޫން އަހުމަދު
އެކްސިޑެންޓް
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ
ސިކުނޑި މަރުވެފައިވާތީ ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފަ
ފަރުވާ ދެމުން އައީ ވެންޓިލޭޓަރެއްގެ އެހީގައި
ފަތިސް ނަމާދަށް ފަހު ވަނީ ވަޅުލާފަ

ލ. ކަލައިދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުއްޖާ މަރުވެއްޖެ އެވެ.

 

އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް، ކަލައިދޫ، އިރުމަތީގޭ އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލް މަރުވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފަތިސް ނަމާދަށް ފަހު ވިޝާލް އާސަހާރާގައި ވަނީ ވަޅުލާފަ އެވެ.

 

އެކްސިޑެންޓުގައި ވިޝާލްގެ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާގެ ސިކުނޑި މަރުވެފައވާތީ ޑޮކްޓަރުން ވަނީ ރަނގަޅު ވާނެކަމުގެ އުންމީދު މާކުރިން ކަނޑާލާފަ އެވެ.

 

އެ އެކްސިޑެންޓު ހިނގީ ކަލައިދޫ ބޮޑު މަގުގައި ތިން ކުއްޖަކު ސައިކަލު ދުއްވަން ނިކުމެ އުޅެނިކޮށެވެ. އެ އެކްސިޑެންޓުގައި ބޮޑު އަނިޔާއެއް ލިބުނީ ވިޝާލްއަށް އެކަންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް