އިނގިރޭސިވިލާތުގެ ސިޔާސީ ހިިމާޔަތުގައި ހުންނެވި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން، އެހެން ޤައުމުތަކުގެ ސިޔާސީ ހިމާޔަތުގައި ދިރިއުޅުއްވަމުންގެންދަވާއިރު، ޖާބިރުވެސް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތުގައެވެ. ޖާބިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ، އޭނާގެ ޕާސްޕޯޓްވެސް ވަނީ ބާތިލްކޮށްފަ އެވެ.
ޤައުމުން ބޭރުގަައި ގިނަ ދުވަސްތަކަކު ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކޮށް ޖާބިރު ވިދާޅުވީ އިނގިރޭސިވިލާތުގެ ހިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު ތިމާގެ މީހުންނާއި، ރަހުމަތްތެރިނާއި ބައްދަލުކޮށް، ބިރެއްނެތި އަރާމުގައި ދިރިއުޅެ ވިޔަފާރިކުރުމަށް ޖަޒީރާ ރާއްޖެއަށް ވަޑައިގަންނަވާ ކަމަށެވެ. އަދި މާދަމާ ރޭ 7:50 ގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ޖާބިރު ވިދާޅުވި އެވެ.
UK ge himaayathuga aharakah fahu gina dhuvahu hurumahfahu Alhuganduge thimaage, rahmaiytherinna bahdhalkoh, bireh nethi araamuga dhiriulhe viyafaari kolhah jehumah UL103 Colombo in Jazeera Raajjeah alhugandu land kuraany maadhamaa 1950hrs ga! IA! Marhaba President Elect @ibusolih
— Abdulla jabir (@chairmanjabir) September 25, 2018
ޖާބިރު ރާއްޖެވަޑައިގަންނަވާއިރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގިނަ ބޭފުޅުން އަންނަނީ ރާއްޖެ ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.