ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 19:51
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
ސަރުކާރުގެ ލިޔުންތައް ނައްތާލުމުގެ ފުރުސަތު ނުދޭން އެދިފައިވޭ

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވެވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ވަޒީފާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަަމަށާއި ނަމަވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބައިވެރިވާ ސަރުކާރެއްގައި އެފަދަ ކަންތައްތަކަށް ޒިންމާ ނުވާނެ ކަމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އިންތިހާބު ކާމިޔާބުވުމާ ގުޅިގެން، ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ މި މަހުގެ 23ގެ ފަހުން، އެއްބަސްވުންތައް ހަދަމުންދާ ފަރާތްތަކަށާއި ސަރުކާރުން ވަޒީފާތަކަށް ހޯދަމުންދާ ފަރާތްތަކުން އެކަންކަމުގައި ޝާމިލުނުވުމަށް އެދޭ ކަމަށެވެ.

"ވަރަށް ގިނަ ވަޒީފާތަކެއް ދެމުންދާ ކަމަށް. އަދި އެގްރިމެންޓުތަކުގައި ސޮއިކުރަމުންދާ ކަމަށް. އެކަމަކު އެމްޑީޕީ ހިމެނޭ ސަރުކާރެއްގައި އެ ވަޒީފާތަކާއި އެގްރިމެންޓުތަކަކީ އަޅުގަނޑުމެން އޮނަރ ކުރާނެއް އެއްޗެއް ނޫން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ވިދާޅުވިއެވެ.

ސަރުކާރުގެ އެކި އޮފީސްތަކާއި މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތައް ނައްތާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި ހަސަން ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވައި ތަހުގީގު ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ހަސަން ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.

ހަސަން އެގޮތަށް ވިދާޅުވިއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މުލިއާގެއިން ވަނީ ގިނަ އަދަދެއްގެ ތަކެތި ކަޅުކޮތަޅުގައި ނެރެގެ، ވެމްކޯ މެދުވެރިކޮށް ނައްތާލާފައެވެ. އަދި ދެ ލޮރީއަށް ބަރުކޮށްކޮށްގެން ގެންދިޔަ ތަކެތި، މުލިއާގެ ގަރާޖަށް ވަނީ ހުސްކޮށްފައެވެ. އޭގެ އިތުރުން ވެސްޓްޕާކު ސަރަހައްދުގައި ހިންގާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުގައި ވަނީ އެއްޗެހިތަކެއް އަންދާލައި، ނައްތާލާފައެވެ.

- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 15:28
Badhalu
Adhi verikamuga huree yaameen veema sarukaaru hingumuge zinma adhaakuraa faraatah ebaaru onnane
25 ސެޕްޓެންބަރ 2018 | އަންގާރަ 15:28
Badhalu
Adhi verikamuga huree yaameen veema sarukaaru hingumuge zinma adhaakuraa faraatah ebaaru onnane
25 ސެޕްޓެންބަރ 2018 | އަންގާރަ 15:06
ޔަސް
ކާޅު އިންސާފު