މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއް ސުއޫދު އަނެއްކާވެސް ސަސްޕެންޑްކޮށްފިއެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުސްނުއްސުއޫދު ސަސްޕެންޑްކޮށްފައިވަނީ 24 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޖުޑިޝަރީ އާއި ގުޅޭ ގޮތުން ކޮށްފައިވާ އޭނާކޮށްފައިވާ ޓުވީޓަކާއި ގުޅިގެން ކަމަށެވެ. އަދި ހަމަ އެ ތާރީޚުގައި ހުސްނުއް ސުއޫދާއި ހަވާލާދީ ވީނިއުސްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާތީ ކަމަށެވެ.
މި ސަސްޕެންޝަނާއި ގުޅިގެން ހުސްނުއްސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 5 ވަނަ އަހަރީ ދުވަހު އޭނާ ޤާނޫނީ ވަކީލްކަމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވެފައިވަނީ "އަހަރެމެން އެދޭ ވެރިކަމެއްގައި ޖަވާބުދާރީ ވުމުގެ ފުރސަތު ނުދީ "އާރބިޓްރެރީ" ކޮށް ސަސްޕެންޑްކުރުން ހުއްޓުވާނެ" ކަމަށެވެ. އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ އިސްތިއުފާދެއްވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
I was suspended by the SC on 25th September 2013. On the occasion of its 5th anniversary today, SC suspends me from practice. #AharemenEdheyVerikameggai javaabudhaaree vumuge furusathu nudhee, arbitrary koh vakeelun suspend kurun huttuvaanan. Justice Dr. Didi must resign. pic.twitter.com/M1Ggc6dit0
— Husnu Al Suood (@hsuood) September 25, 2018
މީގެކުރިން ވެސް ސުއޫދު ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދުގެ ސަސްޕެންޝަން އެންމެފަހުން އުވާލީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެވެ. އޭގެފަހުން ކުރިމިނަލް ކޯޓުން އެ ކޯޓަށް ނުވަދެވޭ ގޮތަށް ސުއޫދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.