ކުރިއަށް އޮތް ފަސް އަހަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ބަސްބުނުމާއި، ހިޔަލު ފާޅުކުރުމުގެ މިނިވަންކަން ދޭންޖެހޭނެ ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިއަދު ކަންކަން ނިމުނީ ނޫން ކަމަށާއި ކުރިމަގުގައި އޮތީ ދަތި އުނދަގޫ ކަންތައްތަކެއް ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ޖަޒީރާ ރާއްޖެއަށް، އަދި އަދުލުވެރި ރާއްޖެއަށް ދިއުމަށް ވަރަށް ބައިވަރު އުނދަގޫތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރުގައި ވެރިކަން ކުރައްވާއިރު ބަސް ބުނުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގެންގުޅުއްވާ ދެއްވާތި." ފައްޔާޒު ވިދާޅުވިއެވެ.
އަނިޔާވެރިކަމަށް އޮތް ހަމައެކަނި ހުރަހަކީ ބަސް ބުނުމުގެ ފުރުސަތު ކަމަށާއި، މިއަދު ހުރިހާ ކަމެއްގެ ތެރެއިން ސަލާމަތް ވެވުނީ ކޮންމެ ހާލަތެއްގައި ވެސް ބަސް ބުނުމުން ކަމަށެވެ.
ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ، އެއްވެސް މީހަކު ދެން ބުނަން ބޭނުންވާ އެއްޗެއް ބުނަން ނުކެރި ހުންނާކަށް ނުޖެހޭނެ ކަމަށާއި އެއްވެސް މީހަކު ތާއީދު ކުރާ ޕާޓީއަކަށް ތާއީދު ކުރަން ބިރުން ހުންނަންޖެހޭނެ ކަމަށެވެ.
"އެއްވެސް ނޫސްވެރިއަކު އަބުރުގެ ދައުވާ ކޮށްފާނެ ކަމުގެ ބިރުގައި ހަގީގަތް ހާމަކުރަން ނުކެރިފައި ހުންނަން ނުޖެހޭނެ. އެއްވެސް ވިޔަފާރިވެރިއަކު އިބޫއަށް ޖިޒީ ދައްކަން ނުޖެހޭނެތީ." ރޮޒެއިނާ ވިދާޅުވިއެވެ.