އެމްޕީއެލް ސަރަހއްދުގައި ކެރޭނެއް ފުރޮޅާލައިފި އެވެ.
އެ ސަރަހައްދުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 10:30 ހާއިރު އުތުރު މާފަރު ރިސޯޓަށް ގެންދާ ކޭބަލް ރޯލް ތަކެއް ލިޓަސް ކެރިއަރ ނަމަކަށް ކިޔާ ދޯންޏަށް އަރުވަން އުޅެނިކޮށް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.
އަދި މިހާދިސާ ހިނގާފައިވަނީ މާ ބަރުކޮށް ގެންދަން އުޅުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
މިހާދިސާގައި ދޯންޏާއި ޖެހިގެން އޮތް ކޮޅުވެއްޓިއަށް ބޮޑެތި ގެއލުން ތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ކެރޭން ނެގުމުގެ މަސައްކަތް އެމްއެންޑީއެފާއި އެމްޕީއެލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.