ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެން އިންތިޚާބީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓުވީޓްތަކެއްގައި ޝެއިހް އަލީ ޒައިދު ވިދާޅުވީ ބައެއް ކުންފުނިތަކުގެ ވެރިން ވަރަށް ނާއިންސާފުން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވެސް އެހެނިހެން ވަރަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ.
Baeh Kunfuni thakuge verin vanee varah naainsaafun muvahzafun kandai, adhives varah bodethi ehenihen aniyaa thah dheefa. mifurusathugai ethanthanuge verin thaubaave, aniyaalibunu muvahzafun ge kibain maafah edhen jeheyne! Qiyaamai dhuvahu ehaggu kendeyny eyrun. #heyonaseyhai
— Ali Zaid (@alizaid1000) September 24, 2018
އެހެންކަމުން އެތަންތަނުގެ ވެރިން ތައުބާވެ، އަނިޔާ ލިބުނު މުވައްޒަފުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ. އަދި ގިޔާމަތް ދުވަހުން އެހައްގު ކެނޑޭނީ އޭރުން ކަމަށް ޝެއިހް ޒައިދު ވަނީ ވިދާޅުވެފައެވެ.
Adhives ehfaharu President elect Hon @ibusolih adhi emani kufaanuga naibu Hon @FaisalNasym ah Marhabaa dhannavan! Heyogothugai Qaumaigen kuriyah vadaigannavaa! Islam dheenuge amuru thakah furihamayah boa lembeveema hunnaanee enme furihamayah! Maai Allah Barakaai lahvaashi! Ameen.
— Ali Zaid (@alizaid1000) September 24, 2018
މީގެ އިތުރުން ޝެއިހް ޒައިދު ވިދާޅުވީ ކޯލިޝަންގެ ސަރުކާރުން ހެޔޮ ގޮތުގައި ގައުމައިގެން ކުރިއަށް ދިއުމަށް އެދޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ އަމުރުތަކަށް ފުރިހަމައަށް ބޯލުމާއެކު އަމަލުކުރާނަމަ ހުންނާނީ އެންމެ ފުރިހަމައަށް ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ.