ވޯޓުލާން ކިޔުއަށް އެރޭ ގަޑި މިރޭ 07:00 އަށް އިލެކްޝަންސް ކޮމިޝަނުން ފަސް ކޮށްފިއެވެ.
އެ ނިންމުން ފާސް ކޮށްފައި ވަނީ އިލެކްޝަން ކޮމިޝަންގެ 318 ވަނަ އިންތިޚާބާ ބެހޭ ކޮމެޓީގެ ޚާއްސަ ޖަލްސާއިންނެވެ.
ކުރިން އޮތް ގޮތުން ކިޔުއަށް އެރޭ އެންމެ ފަހު ވަގުތަކީ ހަވީރު 4:00 އެވެ.
މާލޭގެ ވޯޓުލާ ގިނަ މަރުކަޒުތަކުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން ވަނީ ވޯޓު ލުމަށްޓަކައި ކިޔު ހަދާފައެވެ.
ނަމަވެސް އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ގިނަ މީހުން ވަނީ މިހާރު ވޯޓުލާ ނިމިފައެވެ.
މި އިންތިޚާބުގައި 262،135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ލުމަށް 472 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
ރާއްޖޭގެ އިތުރުން، ސްރީލަންކާ، އިންޑިއާ، މެލޭޝިއާ، އަދި އިނގިރޭސިވިލާތުގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
މި އިންތިޚާބުގައި ވާދަ ކުރައްވަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ މިހާރު ރައީސް ކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުގެ ގޮތުން އިބްރާހީމް މުޙައްމަދު ސޯލިހް އެވެ.