މާފުށީގެ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދު ހައްޔަރުކޮށްފިއެވެ.
ހިންމަފުށީގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރަކާއެކު ކައުންސިލްގެ ރައީސް ޢުޘްމާން ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އުޘްމާން ހައްޔަރު ކުރީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޟާއަށް ބިރު ދެއްކުމުގެ ތުހުމަތުގައެވެ. އަދި އުޘްމާނަކީ މުޖްތަމައަށް ހުރި ނުރައްކަލެއް ކަމަށް ބެލެވޭ ކަމަށާއި ރިޟާއަށް ނުފޫޒު ފޯރުވަން އުޅެދާނެ ކަމަށް ކޯޓު އަމުރުގައި ވަނީ ތުހުމަތު ކޮށްފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށެވެ. މިއީ އިންތިޚާބަށް އެޅިގެންދާނެ ހުރަހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.