ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ފުރުޞަތު އަލުން ހުޅުވައިލީ ކުރިން ހުޅުވައިލި ފުރުޞަތުގައި ބިޑް ކާމިޔާބުކުރި އެމްޓީސީސީ އިން މުއްދަތުގައި ޚިދުމަތް ދޭން ނުފެށުމުން ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ޢަބްދުއްރަޝީދު ނާހިޒް ވިދާޅުވީ ޕްރީމިއަމް ޓެކްސީގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ މަތީފެންވަރުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަށާ ޚިދުމަތެއް ކަމަށެވެ.
މީގެއިތުރުން ނާފިޒް ވިދާޅުވީ މިޚިދުމަތަށް ބޭނުންކުރެވޭނީ މުޅިން އައު، އެއް ކުލައެއްގެ އިޢާދަ ކުރަނިވި ހަކަތައިން ދުއްވާ އުޅަނދު ކަމަށާއި އަދި ޑްރައިވަރުން ތިބެންޖެހޭނީ ޔުނިފޯމް އަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.