ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 23:33
ޕީޕީއެމްގެ އެސްޖީ
ޕީޕީއެމްގެ އެސްޖީ
މުހައްމަދު ޝަރުހާން
ޕީޕީއެމް
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
ހޭއްވައްލާ ޖަލްސާ އަކީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފް ކުރުމަށް ބާއްވާ ޖަލްސާ އެއް
ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިބަޑައިގަންނަވާނެ
ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާނެ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާ އެއް އަންނަ މަހު ފުރަތަމަ ހަފްތާ ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ސެކެރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ "ހޭއްވައްލާ"ގެ ނަމުގައި ބާއްވާ ޕީޕީއެމްގެ ހާއްސަ ޖަލްސާ އޮންނާނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ހަލީލް ވިދާޅުވީ "ހޭއްވައްލާ" ގެ ނަމުގައި ބާއްވާ ޖަލްސާއަކީ އެޕްރީލް މަހު ބޭއްވުމަސް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތަޢާރަފް ކޮށް އަދި ކެންޑިޑޭޓުންނާ ޕާޓީގެ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް ބާއްވާ ޖަލްސާ އެއް ކމަށެވެ.

ޑރ ހަލޯލް ވިދާޅުވި ގޮތުގައި "ހޭއްވައްލާ" ގެ ނަމުގައި ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ޖަލްސާގައި ވަރަށް ހާއްސަ ކަންތައްތަކެއް ފެނެގެންދާނެ ކަމަށް ވެސް ހަލީ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ ހަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން 500 އަށް ވުރެ ގނަ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރުން ކަމަށްވާ ޑީއާރުޕީ އަދި އެމްޑީއޭގެ ކެންޑިޑޭޓުންނާ އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ވެސް ޕީޕީއެމް އިން ތާއިދު ކުރާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ހަލީލް ވިދާޅުވި ނަމަވެސް ކޯލީޝަން ޕާޓްނަރުންނާއެކު ޖުމްލަ ވާދަ ކުރާ ކެންޑިޑޭޓުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ،

މީގެއިތުރުން ޑރ ހަލީލް ވިދާޅުވީ މިހާތަނަށް 200 އަށް ވުރެ ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އޭގެތެރެއިން ބަލައިގެނަފައި ވަނީ 150 އެއްހާ ފޯމް ކަމަށާއި އަދި ބާކީ ހުރި ފޯމްތައް އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް އީސީ އިން އަންގާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ކޮންެ ދުވަހުކުވެސް ޕީޕީއެމްގެ ފޯމްސެޓްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށާއި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދު ޕީޕީއެމް އިންތިހާބް ކޮމެޓީން ފަހުން ހާމަ ކުރާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

- ކޮމެންޓް